2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާން މަހު ދުވަސް ނޫހުން ގެނެސްދެމުން އަންނަ އެންމެ މަގްބޫލު އެއް ސެގްމެންޓް ކަމުގައިވާ ދުވަހުގެ ރެސްޓޯރެންޓް މި އަހަރުވެސް ކުރިއަށްދާނެ އެވެ.
އެގޮތުން މާދަމާ (ރަމަޟާން މަހުގެ ދެވަނަ ދުވަސް) އިން ފެށިގެން ހުކުރު އަދި ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު ރާއްޖޭގެ މަޝްހޫރު ރެސްޓޯރެންޓެއް ނުވަތަ ރޯދަވީއްލުން ލިބޭ ރިސޯޓެއް ނުވަތަ ގެސްޓްހައުސްއެއްގެ މައުލޫމާތާއި އެ ތަނެއްގެ ރޯދަ މެނޫ، ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގެ ދަށުން ގެނެސްދެވޭނެ އެވެ.
މި ސެގްމެންޓް ކުރިއަށްދާގޮތަކީ ކޮންމެ ދުވަހަކު ގެނެސްދެވޭ އާޓިކަލް ފޭސްބުކްގައި ޝެއަރ ކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، ދެބޭފުޅެއްގެ ރޯދަވީއްލުމުގެ ފުރުސަތު، އެ ދުވަހަކު އެ ގެނެސްދޭ ރެސްޓޯރެންޓަކުން ލިބިގެން ދާނެއެވެ.
މި ސެގްމެންޓްގެ އާޓިކަލް ގެނެސްދެވޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:30 ގައެވެ. އަދި ޝެއަރ ކުރުމުގެ ފުރުސަތު އޮންނާނީ ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 09:30 އާއި ހަމައަށެވެ. އެއަށްފަހު ކުރެވޭ ޝެއަރ ގުރުއަތުގައި ނުހިމަނަނާނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތް ޖެހިގެން އަންނަ ދުވަހު އިރު އޮއްސުމުގެ ކުރިން ދުވަސް ފޭސްބުކް ޕޭޖްގައި އިއުލާނު ކުރެވިގެންދާނެއެވެ.
މި އަހަރުގެ މި ސެގްމެންޓް ސްޕޮންސަރ ކޮށްފައިވަނީ އުރީދޫ މޯލްޑިވްސްގެ ފަރާތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް