މަސްތުވާ ތަކެއްޗާއި އެކު ހުޅުމާލެއިން 35 އަހަރުގެ ފިރިހިނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައި ވަނީ ރޭ 22:30 ހާއިރު ހުޅުމާލެ ރަބަރުގަސް މަގުގެ ފަސް ނަންބަރު ގޮޅިން ކަމުގައެވެ.
ފުލުހުން މި މީހާ ހުއްޓުވައި، ބަލައި ފާސްކުރި އިރު އެ މީހާ ލައިގެން ހުރި ޖީންސްގެ ތެރެއިން ބަނގުރާ ފުޅިއަކާއި، ޖީބުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި މީހާ ދިރިއުޅޭ ފްލެޓް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު އެގޭގެ ބަދިގޭގެ ކަޕްބޯޑު ތެރެއިން އިތުރު ފަސް ބަނގުރާ ފުޅި ފެނިފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް