ފުޑް ސޮލިއުޝަންސް އޮފީހުން ވައްކަންކޮށްފި

މިއަދު ހެނދުނު އިންޓަނޭޝަނަލް ފުޑް ސޮލިއުޝަންސް އޮފީހުން ވައްކަންކޮއްފިއެވެ. އިންޓަނޭޝަނަލް ފުޑް ސޮލިއުޝަންސް އޮފީހުން ވައްކަން ކޮއްފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮއްފައިވަނީ 08:42 ހާއިރުއެވެ. ވަގަ...

06 May 2019 | 06:32

މިއަދު ހެނދުނު އިންޓަނޭޝަނަލް ފުޑް ސޮލިއުޝަންސް އޮފީހުން ވައްކަންކޮއްފިއެވެ.

އިންޓަނޭޝަނަލް ފުޑް ސޮލިއުޝަންސް އޮފީހުން ވައްކަން ކޮއްފައިވާކަމަށް ފުލުހުންނަށް ރިޕޯޓް ކޮއްފައިވަނީ 08:42 ހާއިރުއެވެ.

ވަގަށް ނަގާފައިވަނީ ފުޑް ސަޕްލައި އޮފީހުގެ ތިޖޫރި ހަލާކު ކޮއްލައިގެން ތިޖޫރިގައި ހުރި 234،923 ރުފިޔާގެ އިތުރުން ވަތްގަނޑުތަކުގައި ހުރި ފައިސާއެވެ.

ވައްކަން ކޮއްފައިވަނީ ދޮރުގެ ތަޅު ހަލާކު ކޮއްލައިގެން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން މިވަގުތު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް