ދިރާގުން މިއަހަރުގެ ރޯދަ މަހަށް ހާއްސަ ޕްރޮމޯޝަންތަކެއް!

ބޮޑެތި އިނާމުތަކާއި ހިލޭ ލިބޭނެ ގިނަ ހިދުމަތްތަކަކާއެކު ދިރާގުގެ ރޯދަމަހަށް ހާއްސަ ޕްރޮމޯޝަންތަކެއް މިއަދު އިއުލާން ކޮއްފިއެވެ. ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތަށް ފޯރު ކޮއްދިނުމުގެ ގޮތުން، ކަސްޓަމަރު...

06 May 2019 | 06:09

ބޮޑެތި އިނާމުތަކާއި ހިލޭ ލިބޭނެ ގިނަ ހިދުމަތްތަކަކާއެކު ދިރާގުގެ ރޯދަމަހަށް ހާއްސަ ޕްރޮމޯޝަންތަކެއް މިއަދު އިއުލާން ކޮއްފިއެވެ.

ކަސްޓަމަރުންނަށް ލުއިފަސޭހަގޮތްތަށް ފޯރު ކޮއްދިނުމުގެ ގޮތުން، ކަސްޓަމަރުންނަށް ޑިޖިޓަލް ހިދުމަތްތައް ހެޔޮ އަގެއްގައި ފޯރު ކޮއްދިނުމަށް ދިރާގުން ވަނީ ޕްރޮމޯޝަންތަކެއް އިއުލާންކޮއްފައެވެ.

އެގޮތުން، މި ރޯދަމަހަށް ހާއްސަކޮށް ދިރާގުގެ މޮބައިލް ޕޯސްޓްޕެއިޑް އަދި ޕްރޮޕެއިޑް ކަސްޓަމަރުންނަށް ދެ ޑޭޓާ ޕެކެއް ވަނީ ތައްޔާރު ކޮއްފައިވެއެވެ. މި ޕެކޭޖްތަކުގެ ތެރޭގައި 200 ރުފިޔާއަށް 2.5 ޖީބީ ޕެކާއި އަދި 300 ރުފިޔާއަށް 5 ޖީބީ ޕެކެއްވަނީ ތައާރަފް ކޮއްފައެވެ.

އަދި ސޯޝަލް މީޑިއާ އެޕް ތައް ބޭނުން ކުރުމަށް 1 ޖީބީ ރޯދަ މަހުގެ ޑޭޓާ ބަންޑެލްތަކުގައި ހިމަނާފައިވާއިރު، މި ޑޭޓާ ބަންޑެލްތަކުގެ މުއްދަތަކީ 30 ދުވަހެވެ. ސޯޝަލްމީޑިއާ އެޕްތަކުގެ ތެރޭގައި ފޭސްބުކް، ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ހިމެނެއެވެ. މި ޑޭޓާ ބަންޑަލް އެކްޓިވޭޓް ކުރެއްވުމަށް #8*123* އަށް ގުޅާލައްވާށެވެ.

ސޯޝަލް މީޑިއާތަކުގެ ތެރެއިން އިންސްޓަގްރާމްއަށް ހާއްސަކޮށް ވަނީ ޕްރޮމޯޝަންއެއް ތައާރަފް ކޮއްފައެވެ. އެގޮތުން

މި ޕްރޮމޯޝަނުގައި އިންސްޓަގްރާމްގައި #RoadhaMoments މި ހޭޝްޓެގް ޖެއްސުމަށްފަހު ރޯދައިގެ އެކި އެކި މަންޒަރުތައް ހިއްސާކޮށްލައްވައިގެން ކޮންމެ ހަފްތާއެކު ހޮވާލެވޭ ނަސީބުވެރި ފަރާތަކަށް ސެމްސަންގް އޭ80 ލިބޭނެއެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމަށް އިންސްޓަގްރާމް އެކައުންޓް ޕަބްލިކް އެކައުންޓަކަށް ވާންޖެހޭއިރު މި ޕްރޮމޯޝަން ކުރިއަށް ދަނީ ސެމްސަންގް އާއި ގުޅިގެންނެވެ.

ހަމައެއާއެކު  މި ރޯދަމަހު ހުރިހާ ފައިބަރ ބްރޯޑްބޭންޑް ބޫސްޓަރތަކުން %25 ޑިސްކައުންޓް ލިބޭނެއެވެ.

މީގެއިތުރުން ކަސްޓަމަރުން ޑޭޓާ އަށް ކުރާ ހަރަދުގެ 10% ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ހިންގާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ އެމް. އޭ.ޕީ.ޑީ އަށް ހަދިޔާ ކުރެވިގެންދާނެއެވެ.

ދިރާގުޕޭ މެދުވެރިކޮށް ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ދިރާގު ޕޭ މެދުވެރިކޮށް 150 ރުފިޔާ އަށް ވުރެ ގިނައިން ވިޔަފާރިކުރަށްވާ 25 ކަސްޓަމަރަށް ހިލޭ 1 ކިލޯގެ ކަރައެއް ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު ޕޭ މެދުވެރިކޮށް ރޯދަ ވީއްލުމަށް ފައިސާ ދެއްކުމުން އެޗްއައިއެޗް އިން %20 ޑިސްކައުންޓް، އޮކްސިޖަން ބްލޫ އިން %15 ޑިސްކައުންޓް ލިބޭއިރު އޮކްސިޖަން ކެފޭ އިން އަދި އޮލިވް ގާޑަން އިން %15 ޑިސްކައުންޓް ލިބެއެވެ.

މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް ދިރާގު ވެބްސައިޓްއަށް ވަދެ ދިރާގު ޕޭ ޕޯޓަލްގެ އިސްތިހާރު ބެނާ އަށް ފިއްތާލުމަށްފަހު، ޕޯޓަލް ހުޅުވުމުން އެ ބޭފުޅަކު ޒަކާތް ދައްކާ ވަރުގެ  ތަފްސީލު ފުރިހަމަކުރާށެވެ. އަދި ދިރާގު ޕޭ ވޮލެޓް ނަންބަރ އަދި ޕާސްވޯޑް ޖެއްސެވުމުން ޒަކާތް ދެކެވުނު ކަމުގެ ރަސީދެއް އޮންލައިންކޮށް އަދި އެސްއެމްއެސްގެ ޒަރީއާއިން ލިބޭނެއެވެ. އެހެން ކަމުން މިހާރު ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ.

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރޯދަމަހު ސައުދީ އަރަބިއްޔާއަށް ހެޔޮ އަގެއްގައި ގުޅޭނެ ޕްރޮމޯޝަން ދިރާގުން ހިންގައެވެ. އެގޮތުން މި އަހަރުގެ ޕްރޮމޯޝަނުގައިވެސް ބަޖެޓްކޯޑް (019) ޖަހާފަ ނަންބަރު ޖެހުމުން މިނަޓަކަށް އެންމެ 1.89 ރުފިޔާ އަށް ގުޅޭނެއެވެ. މި އޮފާ ކުރިއަށް ދާނީ 6 މޭ 2019 އިންފެށިގެން 9 ޖޫން 2019 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަންތަކުގެ އިތުރުން ދިރާގުންވަނީ މި އަހަރުވެސް އަޅުކަން އަދާކުރުމަށް ފަސޭހަ ކޮއްދިނުމުގެ ގޮތުން ޕްރިޕެއިޑް މުދުވެރިކޮށް އެސްއެމްއެސް ކުރައްވައިގެން ޒަކާތް ދެއްކޭނެ މަގު ދިރާގުން ހިލޭ ފަހި ކޮށްދީފައެވެ.  މި ހިދުމަތް ހޯދުމަށް ގުޅަން ޖެހެނީ *123*8# އަށެވެ.

ހަމައެއާއެކު ނަމާދު ވަގުތު ހަނދާން ކޮށްދޭ ހިލޭ ހިދުމަތް މި އަހަރު ވެސް ދިރާގުން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެގޮތުން ކޮންމެ ނަމާދު ވަގުތެއްގެ 15 މިނިޓު ކުރިން އެސްއެމްއެސްއަކުން އެކަން އަންގައިދޭ މި ހިދުމަތް ލިބޭނީ *123*8#އަށް ގުޅާ ސަބްސްކްރައިބް ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް