ރަމަޝާން މަހާއި ދިމާކޮށް ކަސްޓަމަރުންނަށް ހާއްސަ ޑިޖިޓަލް ހިދުމަތްތަކަކާއި ޕްރޮމޯޝަންތަކެއް އުރީދޫއިން ތައާރަފްކޮށްފިއެވެ.
މި ހިދުމަތްތަކާއި ޕްރޮމޯޝަންތައް އުރީދޫއިން ތައާރަފްކުރީ އިއްޔަ މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތަކުއެވެ.
މި ހިދުމަތްތަކުގެ ތެރޭގައި އުރީދޫއިން ވަނީ ރަމަޝާން ޑޭޓާ ކޮމްބޯއެއް ތައާރަފްކޮށްފައެވެ. މި ޚާއްޞަ ޕެކް މެދުވެރިކޮށް އެންމެ 25ރ. އަށް އުރީދޫގެ 4ޖީ+ ނެޓްވަރކުގައި ބޭނުންކޮށްލަން 1ޖީބީ ޑޭޓާ، އަދި ގާތްތިމާގެ ބޭފުޅުންނަށް ގުޅާލަން 100 މިނިޓް ލިބުމުގެ އިތުރުން، މިޕެކް ކޮންމެ ދުވަހަކު ހެނދުނު 5.00 އިން ހަވީރު 5.00 އަށް ބޭނުންކޮށްލެވޭނެ ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ.
ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހަކުވެސް، އެމް-ފައިސާއިން ކުރައްވާ ކޮންމެ ރާސްޓަސްއެއްގެ %10، އެމް-ފައިސާގެ ގޮތުގައި އަނބުރާ ލިބޭނެއެވެ. އެމް-ފައިސާ ވޮލެޓުގައިވާ ލާރި ނެންގެވުމުގެ އިތުރުން، ވިޔަފާރިތަކަށް ލާރިދައްކާ، ބިލުތައް ދައްކައި، އަދި އާއިލާ އާއި ރައްޓެހިންނަށް ޓްރާންސްފަރވެސް ކޮށްލެވޭނެ ކަމަށް އުރީދޫ އިން ވިދާޅުވިއެވެ.
މީގެ އިތުރުން އުރީދޫ އިން ވަނީ ސައުދީއަށް ގުޅުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސައުދީ އައިޑީޑީ އޮފަރގެ ނަމުގައި ހިދުމަތެއް ތައާރަފްކޮށްފައެވެ. އުރީދޫއިން ވިދާޅުވީ، މި ރަމަޟާން މަހު ސައުދީ އަށް ގުޅާލުން ފަސޭހަކޮށްދޭ ޕެކޭޖެއްކަމުގައިވާ ސައުދީ ޕްލޭން 150 މެދުވެރިކޮށް ސައުދީގައިވާ އާއިލާ އާއި ރައްޓެހިންނަށް ގުޅާލުމަށް 75 ހިލޭ މިނިޓް ލިބިގެންދާނެ ކަމަށެވެ. ހަމައެހެންމެ، މި ޕެކް ޚިޔާރުކުރައްވާ ކޮންމެ ބޭފުޅަކަށްވެސް، 2ޖީބީ ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ވިދާޅުވިއެވެ.
އުރީދޫ އިން ރަމަޝާން މަހާއި ދިމާކޮށް ތައާރަފްކުރި އާ ޕރޮމޯޝަންތަކުގެ ތެރޭގައި، ވަރަށް ފުރިހަމަ އިންސްޓޯލްމަންޓް ޕެކޭޖުތަކާއި އެކު، ސެމްސަންގގެ އާ ފޯނުތައް ކަމަށްވާ އެމް20 އަދި އޭ50، އުރީދޫ އެކްސްޕީރިއަންސް ފިހާރަތަކުން ލިބެންހުންނާނެ ކަމަށްވެސް އުރީދޫއިން ވިދާޅުވިއެވެ.
އުރީދޫ ސުޕަރނެޓްގެ ހިދުމަތް ހޯއްދަވާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން މި ރޯދަ މަސްތެރޭގައި އުރީދޫގެ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑް އެކްޓިވޭޓް ކުރެއްވުމަށްފަހު، 6 މަސް ދުވަހުގެ މުއްދަތަށް %30 ބޯނަސް ހޯއްދެވުމުގެ ފުރުސަރުވެސް އުރީދޫއިން ވަނީ ހުޅުވާލައިފައެވެ.
ވައިބަރ މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ނަމާދު ވަގުތު އަންގައިދޭ، "ބަންގި ޗެނަލް"އެއް އުރީދޫ އާއި ވައިބަރ ގުޅިގެން އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ. ނަމާދު ވަގުތު ހަނދުމަކޮށްދިނުމުގެ އިތުރުން ބަންގި ޗެނަލް މެދުވެރިކޮށް، ޤިބްލަ ހޯދައި، ޒަކާތް ހިސާބުކޮށް، ނަމާދުގެ ތާވަލުތައް ބަލާލުން ފަދަ މުޙިއްމު އަދި ފަސޭހަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތުދެއެވެ. މީގެ އިތުރުން، އުރީދޫ އިން ތައާރަފްކުރި އާ ހިދުމަތްތަކުގެ ތެރޭގައި މޯބައިން މެދުވެރިކޮށް އުރީދޫ ކަސްޓަމަރުންނަށް އޮންލައިންކޮށް ސިޔަރަތު ވެސް އަޑު އަހާލެވޭނެއެވެ.
ދިވެހިންގެ ތެރޭގައި މަސްރޭހަކީ ރޯދަމަހުގެ ވަރަށް ހާއްސަ ހަރަކާތެއްކަން ފާހަގަކުރައްވައި އުރީދޫއިން ވިދާޅުވީ، މިއަހަރު ސްމާޓްފޯނު މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނާއި ވާދަކޮށް، މަސްރޭހުގެ ފޯރީގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި މުޅި ޤައުމަށް ހުޅުވާލެވިފައިވާ މި މަސްރޭސް މޮބައިލް ގޭމުގެ އެންމެ މޮޅު ކެޔޮޅަކަށް، ކޮންމެ ހަފްތާއަކުވެސް ވަރަށް ފުރިހަމަ އިނާމުތަކެއް ލިބިގެންދާނެ ކަމަށްވެސް އުރީދޫ އިން މައުލޫމާތުދެއެވެ.
މީގެ އިތުރުން މި ރަމަޝާން މަހު އުރީދޫ ކަސްޓަމަރުންނަށް މޯބައިލް މެދުވެރިކޮށް މައްކާ އިން ލައިވްކޮށް ތަރާވީސް ބަލާލެވޭނެ ހިދުމަތެއްވެސް މިވަނީ ތައާރަފްކޮށްފައެވެ. މީގެ އިތުރުން، އުރީދޫ ބިލަށް ނުވަތަ ކްރެޑިޓުން ޗާޖް ކުރެވޭގޮތަށް ރޯދަވީއްލުމެއް ހަދިޔާ ކޮށްލެވޭ ޓެކްސް އަ ކޮފީގެ ޚިދުމަތް، ރާއްޖޭގެ ކޮންމެ ތަނަކުންވެސް އުރީދޫ ކަސްޓަމަރުންނަށް ބޭނުންކޮށްލެވޭނެ ޕްރޮމޯޝަނެއްވެސް އުރީދޫއިން ވަނީ ތައާރަފްކޮށްފައެވެ.
އިއްޔަގެ ރަސްމިއްޔާތުގައި އުރީދޫއިން ވަނީ ރޯދަ މަހު މުޅިން ހިލޭ ލިބޭނެ ހިދުމަތްތަކެއް ތައާރަފްކޮށްފައެވެ. މި ހިދުމަތްތަކުގެ ތެރޭގައި:
- އެސްއެމްއެސް މެދުވެރިކޮށް ނަމާދު ވަގުތު ހޯއްދެވުމަށް، GO ޖެއްސެވުމަށްފަހު 4777 އަށް ފޮނުއްވާ.
- ރީތި ޓިއުންސް ޚިދުމަތް މެދުވެރިކޮށް ކީރިތި ޤުރުއާންގެ ދިވެހި ތަރުޖަމާ އަދި މަދަހަ ހޯއްދެވުމަށް، “Buy<space>Tune ID” ޖެއްސެވުމަށްފަހު 4000 އަށް ފޮނުއްވާ.
- ފާއިތުވެދިޔަ އަހަރުތަކާއި އެއްގޮތަށް، އުރީދޫ ޕްރީޕެއިޑް އަދި އުރީދޫ މިކްސް ބޭނުންކުރައްވައިގެން ފިތުރު ޒަކާތް ދެއްކޭނެއެވެ. ފިތުރު ޒަކާތް ދެއްކެވުމަށް *909# އަށް ގުޅުއްވުމުން، އެއްވެސް އިތުރު އަގަކާއި ނުލާ ޒަކާތް ދެއްކޭނެއެވެ. ހަމައެހެންމެ، އެމް-ފައިސާ މެދުވެރިކޮށްވެސް، ކޮންމެ ބޭފުޅަކަށް ފިތުރު ޒަކާތް ދެއްކޭނެއެވެ.
ރަމަޟާން މަހުގެ ޚާއްޞަ އޮފަރތައް އިއުލާނު ކުރަން އުރީދޫ އިން އިއްޔަ ބޭއްވި ރަސްމިއްޔާތުގައި، އެކުންފުނިންވަނީ ކޮންމެ ރަމަޟާން މަހަކުވެސް ގެނެސްދޭ ރޯދަމަހަށް ޚާއްޞަ ވީޑިއޯ ޙިއްސާކޮށްފައެވެ. މިއަހަރުގެ ވީޑިއޯ އިން ގެނެސްދީފައިވަނީ، މި ބަރަކާތްތެރި މަހުގައި، އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، ގާތްތިމާގެ ގުޅުންތައް އަލުން އާލާކުރުމުގެ މުހިއްމުކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް