ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ބަހަކުން ޖެހި ޔޫކްރޭނަށް ނިސްބަތްވާ ފަތުރުވެރިއަކު މަރުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހެނދުނު06:37 ހާއިރު ހުޅުމާލޭގެ ފިތުރޯނުމަގުގެ އެފްއެސްއެމް ފިއުލް ސަޕްލައި ކައިރީގައި ކަމަށެވެ.
"އެމްޓީސީސީގެ ބަހެއް އެކްސިޑެންޓްވެ ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ، މި ހާދިސާގައި އުމުރުން 31 އަހަރުގެ ޔޫކްރޭން އަންހެނެއް ނިޔާވެފައިވޭ، އެއީ ފަތުރުވެރިއެއް" ފުލުހުން ވިދާޅުވިއެވެ.
އިތުރަށް ބުނެފައިވަނީ މި ހާދިސާ ހިނގަން މެދުވެރިވި ކަމަށް ބެލެވެނީ ބަސް ޑްރައިވަރަށް ނިދިގެން ކަމަށެވެ. ބަސް ގޮސް އެވަގުތު ފިތުރޯނުމަގުން ހިނގާފައި ދިޔަ ޔޫކްރޭން އަންހެނެއްގެ ގައިގާ ޖެހި އޭނާ ބަސް ދަށުވެފައިވާކަމަށާއި ބަސް ޑްރައިވަރަކީ ލައިސަންސް އޮތް ދިވެހި ފިރިހެނެއް ކަމުގައިވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް