ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ފޯމު ދޫކުރަން ފެށިތާ ގަޑިއިރެއްގެ ތެރޭގައި 15،000 ފޯމު ހުސްވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ފްލެޓު ފޯމު ދޫކުރަން ފަށާފައިވަނީ މިއަދު މެންދުރު 2:00 ގައި އެވެ. އެ މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް، އަހްމަދު ފަޒާލް ވިދާޅުވީ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހާއްސަ ކޮށްގެން ފުރަތަމަ ޕްރިންޓް ކުރި 15،000 ފޯމު ހުސްވެގެން މިހާރު އަންނަނީ އަލުން ފޯމު ޕްރިންޓް ކުރަމުން ކަމަށެވެ.
ފްލެޓު ފޯމު ނަގަން ގޮސްފައިވާ މީހުން ދަރުބާރުގޭގައި ތޮއްޖެހިފައިވާއިރު މިނިސްޓްރީން ކުރިން ބުނެފައިވަނީ ކިޔުގައި ޖެހިގެން ފޯމް ނަގަންވެސް އަދި ލާންވެސް ނުޖެހޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ. ގިނަ ބަޔަކު ފޯމު ނަގަން ގޮސް ކިޔުގައި ދަރުބާރުގޭގައި ތިބި އިރު ހައުސިން މިނިސްޓްރީން ވަނީ ފޯމު އިންޓަނެޓް މެދުވެރިކޮށް ފަސޭހަ ކަމާއިއެކު ޑައުންލޯޑު ކުރެވޭނެ އިންތިޒާމް ހަމަޖައްސާފަ އެވެ.
ކެޓަގަރީތަކުގެ މައުލޫމާތާއި ފޯމް ޑައުންލޯޑު ކުރުމަށް:
ދަރުބާރުގޭގައި ތޮއްޖެހިގެން އެއްފަހަރާ އެތައް ފޯމެއް ނެގުމުގެ ބަދަލުގައި މިނިސްޓްރީގެ އިލްތިމާސަކީ، އެ މީހަކު ޝަރުތު ހަމަވާ ކެޓަގަރީއެއްގެ މައުލޫމާތު އޮޅުންފިލުވައި، އެ ކެޓަގަރީ އަކަށް ހާއްސަ ފޯމު ނެގުމެވެ. ނުވަތަ މައުލޫމާތު ސާފުކޮށްގެން ގޮސް ފޯމު ޑައުންލޯޑު ކުރުމެވެ.
ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ ކިއުގައި ޖެހިގެން ކުރިން ފޯމް ނަގުމަކީ ފްލެޓް ދިނުމުގައި އިސްކަން ދޭނެ ކަމެއް ނޫން ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ކަމަށެވެ.
https://twitter.com/MMuizzu/status/993106785190887425
މިއަދުން ފެށިގެން ޖުލައި 31 އާ ހަމައަށް ފޯމު ދޫކުރާނެ އެވެ. ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ޖޫން ތިނަކުން ޖުލައި 31 ގެ ނިޔަލަށެވެ.
މިއަދު ހުޅުވާލި މި ފުރުސަތުގައި 17 ކެޓަގަރީއަކުން 7،000 ފްލެޓު ދޫކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް