ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ދިރާގުން މިދިޔަ ހަފްތާ ބަންދުގައި ބައިސްކަލު ރޭހެއް ކުރިޔަށް ގެންގޮސްފި އެވެ.
މި ރޭސް ކުރިޔަށް ގެންގޮސްފައި ވަނީ ހުޅުމާލޭގައި މިމަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު އެވެ. ދިރާގުން ބުނީ މި މުބާރާތަކީ ކާމިޔާބު، ކުދިންނަށް އުފާވެރިކަން ގެނެސްދިން މުބާރާތެއް ކަމަށެވެ.
މި މުބާރާތުން އެއް ވަނަ ހޯދީ ސީއެޗްއެސްއީ އެވެ. ގާޒީ ސްކޫލުން ދެ ވަނަ ހޯދިއިރު ތިން ވަނަ ހޯދީ ހިރިޔާ ސްކޫލެވެ. ބައިސްކަލު ރޭހުން، ހަތަރު ކެޓަގަރީއަކުން އަންހެން އަދި ފިރިހެން އެންމެ މޮޅު ސްކޫލު ހޮވާފައިވެ އެވެ.
ދިރާގުން ބުނީ، ދަރިވަރުންނަށް އަމާޒުކޮށް ބައިސްކަލް ރޭހެއް ބޭއްވީ ތިމާވެއްޓާ ރައްޓެހި އަދި ދުޅަހެޔޮ އާދަތައް ދަސްކޮށްދިނުމަށް ކަމަށެވެ.
މާލެ ސަރަހައްދުގެ 20 ސްކޫލަކުން 400 ދަރިވަރުން މި ރޭހުގައި ބައިވެރިވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް