ލ. ގަމުގައި މިފަހަރު ރޯދަމާ ދިމާކޮށް ވަރަށް ހާއްސަ ކަމެއް ކޮށްފި އެވެ.
ރޯދަމާ ދިމާކޮށް ބާއްވާ މާހެފުން ބޭއްވީ އެކި އުމުރުފުރައިގެ މަންމައިން ބައިވެރިވެގެންނެވެ. ހަމައެކަނި ބައިވެރިވީވެސް މަންމައިންނެވެ. ރޭ މި މާހެފުން ބާއްވާފައިވަނީ ލ. ގަމު ޔޫތު ސެންޓަރުގައި އެވެ.
މާހެފުމުގައި އެރަށުގެ ތުނޑި، މަތިމަރަދޫ، މުކުރިމަގު އަދި އާބާދުވާ އަވަށުން 100 އަށްވުރެ ގިނަ މަންމައިން ބައިވެރިވި އެވެ.
މުޅިންވެސް ދިވެހި ކެއުންތައް ހިމަނައިގެން ބޭއްވި މާހެފުމަކީ "މޮމްސް" ޖަމިއްޔާގެ އެ ރަށު ގޮފިން އިސްނަގައިގެން ބޭއްވި ހަރަކާތެކެވެ.
ގަމުގެ އިތުރުން މާލޭގައިވެސް މާހެފުން ބާއްވާ ބައެއް ރެސްޓޯރަންޓް އާއި ކެފޭ ފަދަ ތަންތަނުގައި މިފަހަކަށް އައިސް މަންމައިންނަށް ހާއްސަ މާހެފުން ވަކި ޕެކޭޖެއްގެ ގޮތުގައި ދަނީ ހިމަނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް