ތެޔޮ ބޯޓަކާއި ފެރީއެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ތެޔޮ ބޯޓަކާއި ފެރީ އެއް ޖެހި އެކްސިޑެންޓެއް ހިންގައިފި އެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ކ. ފުނަދޫ ކައިރީގައި އެވެ. މިހާދިސާ ހިނގީ ހެނދުނު 7:10 ހާއިރު އެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭ ...

06 May 2018 | 03:45

ތެޔޮ ބޯޓަކާއި ފެރީ އެއް ޖެހި އެކްސިޑެންޓެއް ހިންގައިފި އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ކ. ފުނަދޫ ކައިރީގައި އެވެ. މިހާދިސާ ހިނގީ ހެނދުނު 7:10 ހާއިރު އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި މީހަކަށް ވަނީ އަނިޔާވެފައި އެވެ. އެމީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދާއިރު ލިބުނު އަނިޔާގެ ތަސްފީލެއް  އަދި ނޭނގެ އެވެ. ފެރީ އަށާއި ބޯޓަށްވެސް ވަނީ ގެއލުންތަކެއް ލިބިފަ އެވެ.

މިދިޔަ މަހު ވަނީ އެމްއޭސީއެލްގެ ފެރީ އަކާއި ލޯންޗެއް ޖެހި ހަމަ އެ ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފަ އެވެ. އެ ހާދިސާގައި އެކަކަށް އަނިޔާވި އިރު އެމްއޭސީއެލްގެ ފެރީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް