ފުވާދު އޭސީސީއަށް ހާޒުވާން އަންގައިފި

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާ ކަމަށް އެންޓީ ކޮރަޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ. އެ ކޮމިޝަނުން ވަނީ އެ މައްސަލައިގެ ތަހުގ...

06 May 2018 | 02:11

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުވާދު ތައުފީގާއި ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާ ކަމަށް އެންޓީ ކޮރަޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އެ ކޮމިޝަނުން ވަނީ އެ މައްސަލައިގެ ތަހުގީގަށް ސުވާލު ކުރުމަށް ފުވާދު އޭސީސީއަށް ހާޒިރުވުމަށް ޗިޓޫ ފޮނުވާފައި އެވެ. ހާޒިރުވާން އަންގާފައިވަނީ އަންނަ ބުދަ ދުވަހުގެ މެންދުރި ފަހު 2:00 އަށެވެ.

އޭސީސީން ބަލަމުން ދަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނުން އެކުލަވައިލި ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ތިން މަސް ދުވަހުގެ މުއްދަތަކަށް މެންބަރުން ހޯދުމުގައި ކޮރޮޕްޝަންއަށް މަަގުފަހިކޮށްފައިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ތަހުމަތުކޮށްފައިވާ މައްސަލަ އެކެވެ.

އޭސީސީއަށް ހާޒިރުވާން އެންގި އިރު އޭނާ މިހާރު ދިރިއުޅުއްވަނީ ސްރީލަންކާ ގައި އެވެ. ހާޒިރުވުމާއި ބެހޭ ގޮތުން ފުވާދު މިހާތަނަށް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އެކަމަކު ޓުވިޓާގައި ފުވާދު ވިދާޅުވީ 2013 ގެ އިންތިހާބު ނިމުނު ފަހުން ތިން މަހާއި ތިން ހަފްތާ ވަންދެން އީސީގެ ރައީސްކަމުގައި ހުންނެވިއިރު، އަދި 13 މަސް ވަންދެން މާލޭގައި އުޅުނު އިރުވެސް އެ މައްސަލައެއް ނާންނަ ކަމަށާއި ސުވާލެއް ވެސް ނުކުރާ ކަމަށެވެ. އަދި ސްރީލަންކާގައި ދިރިއުޅުއްވާތާ ތިން އަހަރުވީ އިރުވެސް މިކަހަލަ މައްސަލައެއް ނާންނަ ކަމަށް ވެސް ފުއާދު ވަނީ ވިދާޅުވެފަ އެވެ.

https://twitter.com/FuwadThowfeek/status/992704216287232000

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް