ފަތާ ޓްރެކް ސަރަހައްދު ފުން ކުރަން ފަށައިފި

މާލޭ ފަތާ ޓްރެކް ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެ ސަރަހައްދުގެ މޫދު ތިލަވެފައިވާތީ ފުން ކުރުމަށް ބަންދު ކުރީ އިއްޔެ ހެނދުނު އެވެ. ފުން ކުރުމުގެ މަސައްކަތް އެސްކަވޭޓަރު ބޭނުންކޮށްގ...

06 May 2018 | 01:38

މާލޭ ފަތާ ޓްރެކް ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެ ސަރަހައްދުގެ މޫދު ތިލަވެފައިވާތީ ފުން ކުރުމަށް ބަންދު ކުރީ އިއްޔެ ހެނދުނު އެވެ. ފުން ކުރުމުގެ މަސައްކަތް އެސްކަވޭޓަރު ބޭނުންކޮށްގެން އިއްޔެ ހަވީރު ވަނީ ފަށާފައި އެވެ.

އެ މަސައްކަތާއި ގުޅޭގޮތުން އިއްޔެ ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އެ ސަރަހައްދު ފުން ކުރުމުގެ މަސައްކަތް ފެށީ އާންމުންނާއި ސްޕޯޓްސް މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ. އަދި ޓްރެކް ބަންދު ކޮށްފައި އޮންނަ ދުވަސްކޮޅު އާންމުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.

އެ މަސައްކަތް ނިމޭނެ ދުވަހެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އެކަމަކު މިނިސްޓަރު ވިދާޅުވީ ވަރަށް އަވަހަށް މަސައްކަތް ނިންމައި ތަން އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ފަތާ ޓްރެކް ފުން ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރަން ފެށީ އެތަނަށް ވެލި އަރައި އެ ސަރަހައްދު ވަރަށް ބޮޑަށް ތިލަވާތީވެ އާންމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް