އިންތިހާބާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ

މިއަދު ކުރިޔަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ގުޅިގެން ހިންގި އޮޕަރޭޝަން "ދިހި" ގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ. އިންތިހާބާއި ގުޅިގެން ފުލުހުން ހި...

06 May 2017 | 18:55

މިއަދު ކުރިޔަށް ގެންދިޔަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ގުޅިގެން ހިންގި އޮޕަރޭޝަން "ދިހި" ގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފި އެވެ.

އިންތިހާބާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި މުޅި ރާއްޖޭގައި 3،000 ށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވި އެވެ. އަދި ފުލުހުންނަށް ވަނީ އިންތިހާބުގައި އަމަކު ކުރަންވީ ގޮތާއި ގުޅޭ ތަފާތު ތަމްރީންތައް ދީފައި އެވެ.

ފުލުހުން މިރޭ ބުނީ މިއަދު ބޭއްވި އިންތިހާބުގެ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ހުރިހާ ކަމެއްވެސް ދިޔައީ އޮމާން ކަމާއި އެކުކަމަށެވެ.

ފުލުހުން ބުނީ އިންތިހާބުގެ ވޯޓު ގުނުމުގެ ކަންކަން ކުރިޔަށްދާ މަރުކަޒުތަކުގައިވެސް ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް