މާދަމާ، 2017 މޭ 7 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، މިއަދާއި، މިރޭ، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު، ލޯކަލް ކައުންސިލްގެ އިންތިޚާބުގެ އެކި މަސައްކަތްތަކުގައި އުޅުއްވަން ޖެހިވަޑައިގެންފައިވާތީއެވެ.
މާދަމައަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު މިއަދު ކުުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ވޯޓް ފޮށިތައް މިހާރު ވަނީ ބަންދު ކޮށްފަ އެވެ. އަދި ގިނަ ފޮށިތަކެއްގެ ވޯޓު ގުނުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް