ދެކުނު އޭޝިއާގެ ސެޓެލައިޓް އިފްތިތާޙުކޮށްފި

ދެކުނު އޭޝިއާގެ ޤައުމުތަކަށް މުވާސަލާތީ  ފޯރުކޮށްދިނުމަށް އަވައްޓެރި އިންޑިޔާގެ ޖައްވީ އިދާރާއިން އިސްނަގައިގެން ހަދިޔާކުރުމަށް ނިންމާފައިވާ ސައުތު އޭޝިޔާ ސެޓެލައިޓް "އެސް.އޭ.އެސް" އިފްތިތާޙުކޮށްފި އެ...

06 May 2017 | 12:29

ދެކުނު އޭޝިއާގެ ޤައުމުތަކަށް މުވާސަލާތީ  ފޯރުކޮށްދިނުމަށް އަވައްޓެރި އިންޑިޔާގެ ޖައްވީ އިދާރާއިން އިސްނަގައިގެން ހަދިޔާކުރުމަށް ނިންމާފައިވާ ސައުތު އޭޝިޔާ ސެޓެލައިޓް "އެސް.އޭ.އެސް" އިފްތިތާޙުކޮށްފި އެވެ.

އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ، ސާކް ސެޓެލައިޓެއް ތަރައްޤީކުރުމަށް އެ ޤައުމުގެ ޖައްވީ އިދާރާއަށް އިރުޝާދުދެއްވާފައިވަނީ، 2014 ވަނަ އަހަރުގެ ސާކް ސަމިޓަށްފަހު އެވެ. އެއަހަރުގެ ސާކް ސަމިޓްގައި މޯދީ ވަނީ، އިންޑިޔާގެ އަވަށްޓެރި ސާކު ޤައުމުތަކަށް އެ ސެޓެލައިޓު ހަދިޔާކުރައްވާނެކަމަށް ވިދާޅުވެފަ އެވެ.

މި ސެޓެލައިޓް އިފްތިތާޙުކުރުމަށްޓަކައި އިއްޔެ އެ މިޝަންގައި ބައިވެރިވި ޤައުމުތަކުގެ ވެރިންނާއި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުވުމެއް ބާއްވާފައިވެ އެވެ. އެ ބައްދަލުވުމުގައި މޯދީ ވިދާޅުވީ އިންޑިއާގެ އަވައްޓެރި ޤައުމުތަކުގެ ދެމެދުގައި އަބަދުވެސް ގާތް ގުޅުމެއް ބޭއްވުމަށް މަސައްކަތް ކުރައްވާކަމަށާއި އިއްޔެ އުދުއްސާލި ސެޓެލައިޓު ހެދުމުގެ މަޤްޞަދަކީވެސް އެއީ ކަމަށެވެ.

މި ސެޓެލައިޓު މެދުވެރިކޮށް ސާކުގެ ޤައުމުތަކުގެ ޓެލެކޮމިނިއުކޭޝަންގެ ދާއިރާއާއި ބްރޯޑްކާސްޓިންގް، ޓެލެމެޑިސިން، ޓެލެއެޑިއުކޭޝަން، އީ ގަވާނަންސް، ބޭންކާއި އޭޓީއެމް ޚިދުމަތްތަކުގެ އިތުރުން، ސެލިއުލާ ބެކް ހޯލް އަދި މީޓިއޮރޮލޮޖިކަލް ޚިދުމަތްތައް ދޭނެ އެވެ. އޭގެއިތުރުން ޤުދުރަތީ ވަޞީލަތްތައް ބޭނުންކުރުމުގައާއި، ކާރިސާއެއް ހިނގައިފިނަމަ އެކަމާ ކުރިމަތިލުމުގައި މި ސެޓެލައިޓުން ގިނަ ފައިދާތަކެއް ވާނެ އެވެ.

މުވާސަލާތީ ބޭނުންތަކަށް ޚާއްޞަކޮށްފައިވާ އެސް.އޭ.އެސް މިޝަންގައި، ސާކުގެ ޤައުމުތަކުގެ ތެރެއިން، ޕާކިސްތާނު ފިޔަވައި ހުރިހާ ޤައުމުތަކުން ބައިވެރިވެފައިވެ އެވެ. މި މިޝަންގައި ދިވެހިރާއްޖެއިންވެސް ވަނީ ބައިވެރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް