ލަހުން ވޯޓު ލާން ފެށި ތަންތަނުގައި ވޯޓުލާން އިތުރު ވަގުތު ދޭނަން: އިލެކްޝަންސް

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ލަހުން ފެށި ވޯޓު ފޮށިތަކަށް ވޯޓުލާން އިތުރު ވަގުތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހ...

06 May 2017 | 10:09

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ލަހުން ފެށި ވޯޓު ފޮށިތަކަށް ވޯޓުލާން އިތުރު ވަގުތު ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އެކި ސަބަބުތަކާއި ހެދި ބައެއް ވޯޓު ފޮށިތަކުގައި ވޯޓުލާން ފެށީ ކަނޑައަޅާފައިވާ ވަގުތަށް ވުރެ ފަހުން ކަމަށެވެ. މި އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 ން ހަވީރު 4:00 އަށެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި ބަހައްޓާފައިވާ ވޯޓު ފޮށިތަކުގެ ވޯޓުލުން ފެށިފައިވަނީ 10:00 ގައި އެވެ. ބައެއް ވޯޓު ފޮށިތަކަށް ބޭނުންވާ ވަރަށޤ އޮފިޝަލުން ހަމަނުވާތީ ވޯޓުލުން ފެށިފައި ނުވާއިރު ވޯޓުލާ މަރުކަޒުގެ ކަރަންޓުންގެ މައްސަލައެއް ދިމާވެގެންވެސް ވޯޓުލުން ފެށުން މަޑު ކުރި ތަންތަން ހުއްޓެވެ.

އަކްރަމް ވިދާޅުވީ ލަހުން ވޯޓުލާން ފެށި ތަންތަނުގައި މަޑު ކުރަން ޖެހުނު ވަގުތަށް ވަގުތު އިތުރު ކުރާނެ ކަމަށެވެ. އޭގެ މާނައަކީ ހެނދުނު 10:00 ވޯޓުލާން ފެށި މަރުކަޒުތަކުގައި ވޯޓުލާ ނިމޭނީ ހަވީރު 6:00 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް