ވޯޓުލާން ދިޔަ އިރު ވޯޓު ލާފައިވުމުގެ އިތުރުން ފޭކު ވޯޓު ކަރުދާސް ގެންގުޅޭ ކަމުގެ ޝަކުވާ

މިހާރު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޭނުން ކުރާ ވޯޓު  ކަރުދާސް ހެން ތައްޔާރުކޮށްގެން ފޭކު ކަރުދާސްތަކެއް ގެންގުޅޭ ކަމުގެ ޝަކުވާ އާއި ވޯޓުލާން ދިޔަ އިރު ވޯޓުލާފައި އޮތއް ކަމަށް ބުނ...

06 May 2017 | 09:09

މިހާރު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޭނުން ކުރާ ވޯޓު  ކަރުދާސް ހެން ތައްޔާރުކޮށްގެން ފޭކު ކަރުދާސްތަކެއް ގެންގުޅޭ ކަމުގެ ޝަކުވާ އާއި ވޯޓުލާން ދިޔަ އިރު ވޯޓުލާފައި އޮތއް ކަމަށް ބުނެ ޝަކުވާ ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އެ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އެކަމަކު އިންތިހާބުގައި ބޭނުންކުރާ ވޯޓު ކަރުދާހާ އެއްފެންވަރުގެ ސެކިއުރިޓީ ފީޗާސްތައް ހުރި ވޯޓު ކަރުދާހެއް ނުގެންގުޅެވޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވޯޓުލާން ދިޔަ އިރު ކުރިން ވޯޓު ލާފައިވާ ކަމުގެ ފާހަގަ ޖަހާފައިވާތީ ޝަކުވާއެއް ލިބިފައިވަނީ މާލޭގައި ހުރި ވޯޓު ފޮށްތަކަށް ވޯޓުލާން ދިޔަ މީހަކަށް ކަމަށެވެ. މިކަން ހިނގާފައިވަނީ ހެންވޭރު ދާއިރާއެއްގެ ވޯޓު ފޮށްޓެއްގައި ކަމަށްވެ އެވެ.

ފޭކް ވޯޓު ކަރުދާސް ޗާޕްކޮށްގެން ގެންގުޅުމަކީ އިންތިހާބާ ބެހޭ ގާނޫނުގައިވާ ގޮތުން ކުށެކެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓު ކަރުދާސް ޗާޕްކޮށްގެން ގެންގުޅުނު މީހެއްގެ މައްޗަށް ދައުވާ ވެސް ކުރި އެވެ.

އިންތިހާބާ ގުޅޭގޮތުން ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް މިއަދު ހެނދުނުން ފެށިގެން ރޭގަނޑު ހައި ކޯޓު ހުޅުވާފައި ހުންނާނެ ކަމަށް އެ ކޯޓުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް