އިންތިހާބުގައި ބޮޑެތި ގޯސްތަކެއް ހިނގާނެ ކަމަށް ނުބެލެވޭ: ރައީސް

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޮޑެތި ގޯސްތަކެއް ހިނގާނެކަމަށް ނުބެލެވޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ...

06 May 2017 | 08:05

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ބޮޑެތި ގޯސްތަކެއް ހިނގާނެކަމަށް ނުބެލެވޭ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ މިއަދު ކައުންސިލް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

އެ މަނިކުފާނު ވިދާޅުވީ އިންތހާބު ކުރިއަށްދިއުމުގައި ކުދިކުދި މައްސަލަތައް ދިމާވިކަމުގައި ވީނަމަވެސް ބޮޑެތި މައްސަލަތައް ދިމާވާނެކަމަށް ނުފެންނަ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ބޮޑެތި މައްސަލަތައް ދިމާވެއްޖެ ކަމުގައި ވާނަމަ މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ތިންވަނަ ލޯކަލް ކައުންސިލް އިންތިހާބު މިއަދު ކުރިއަށްދާއިރު މި އިންތިހާބުގައި 1497 ކެނޑިޑޭޓުން ވަނީ ކުރިމަތި ލާފައެވެ. އަދި މި އިންތިހާބުގައި އިންތިހާބުކުރުމަށް ހަމަޖެހިފައިވަނީ 664 މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް