މިދިޔަ ބުރާސްފަތި ދުވަހު ބާހޫ ބަލީ 2 ނުބެލުމުގެ ސަބަބުން އިންޑިޔާގެ ހައިދްރަބާދްގެ މީހެއް ވަޒީފާއިން ވަކި ކޮށްފި އެވެ.
29 އަހަރުގެ މަހޭޝް ބާބޫ ވަޒީފާއިން ވަކިކޮށްފައި ވަނީ އޭނާގެ ބޮޑު މީހާ އޭނާއަށް ޗުއްޓީ ދިނުމަށްފަހު ކައިރީ ސިނަމާއަކަށް ގޮސް ބަހޫބަލީ 2 ބެލުމަށް އެންގުމުން އޭނާ އެކަން ނުކުރުމުން ބޮޑު މީހާގެ އަމުރަށް ނުކިޔަމަން ވުމުންކަމަށް އިންޑިޔާގެ މީޑިޔާތަކުގައި ހާމަކޮށްފައި ވެއެވެ.
އޭނާ އެ ފިލްމު ބަލަން ނުދާކަން ހާމަވީ އޮފީސް ތެރޭގައި އެ ފިލްމާއި ބެހޭގޮތުން ތަޢުރީފު ކުރަމުން ދިޔައިރު އޭނާ އެއްވެސް އެއްޗެއް ނުބުނެ އިނުމުން ކަމަށް އޭނާ އާއި އެކު މަސައްކަތް ކުރާ ރާޖާ މޮލިޓާރޑް ވަނީ އިންޑިޔާގެ ނޫހަކަށް މަޢުލޫމާތު ދީފަ އެވެ.
އަދި އެފިލްމަށް ވުރެ ބޮޑަށް، އެންމެފަހުން ނުކުތް އާލިއާ އާއި ވަރުންގެ ފިލްމް "ބަދްރީ ނާތް ކީ ދުލްހަނިޔާ" އާއި ބެހޭ ގޮތުން ވާހަކަ ދައްކަން އޭނާ ބޭނުން ވެފައި ހުރުމުން އޭނާއަށް ބާހޫ ބަލީ 2 ބަލަން ދިން ފުރުސަތު އެހެން ފިލްމެއް ބަލަން ހޭދަކުރީ ކަމަށް ހާމަވާކަމަށް ރާޖާ ވަނީ ބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން އެނާ މަސައްކަތް ކުރި ކޮމްޕެނީގެ ސީއީއޯ އިންޑިޔާގެ ނޫސްތަކަށް ދިން މަޢުލޫމާތުގައި ހާމަކޮށްފައިވާ ގޮތުގައި އޭނާއަށް ވަރަށް ގިނަ ފުރުސަތު ދިން ކަމަށާއި އޭނާ ކައިރީ ކުރިން ފަހަރަކު ގޭމް އޮފް ތްރޯންސް ބަލަން ބުނުމުންވެސް އޭނާ އުޅުނީ އުދޭ ޗޯޕްރާ އާއި ފަރްދީން ޚާން ގެ ޓްވީޓް ތައް ރީ ޓްވީތް ކަމަށް ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް