މިހާރު ކުރިޔަށް ދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓުލުން ކުރިޔަށް ގެންދާ ވަގުތު އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހުރިހާ ވޯޓު ފޮށްޓެއްގައި ހަވީރު 6:00 އަށް ވޯޓުލުން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ލަހުން ވޯޓުލާން ފެށި މަރުކަޒުތަކުގައި ވޯޓުލުން މިރޭ 8:00 ށް ކުރިޔަށް ގެންދާނެ ކަމަށެވެ.
އީސީން ބުނީ ކޮލަމްބޯގައި ބަހައްޓާގައޮ ހުރި ވޯޓު ފށި ބަންދު ކުރާ ގަޑިވެސް އިތުރުކޮށްފައިވާ ކަމަށެވެ.
މިއަދު ކުރިޔަށްދާ އިންތިހާބުގައި މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާއިރު މިހާތަނަށް ގައުމީ ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހެޅިފައިވަނީ 30 މައްސަލަ އެކެވެ. އޭގެ ތެރެއިން ލިޔުމުން ހުށަހެޅިފައިވަނީ ފަސް މައްސަލަ ކަމަށާއި އަނެއް 25 މައްސަލަ އަކީ އަނގަބަހުން ހުށަހެޅިފައިވާ މައްސަލަ ކަމަށެވެ.
މި ފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 255،987 މީހަކަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ. 664 ކެންޑިޑޭޓުން ހޮވަން ޖެހޭ މިފަހަރުގެ ކައުންސިލް އިންތިހާބަށް ޖުމްލަ1497 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.
މި އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ 431،939 ވޯޓު ކަރުދާސް ކޮޅު ޗާޕްކޮށްފައި އެވެ. ވޯޓު ކަރުދާސް ޗާޕު ކުރާނީ ވޯޓުލާ މީހުންގެ އަދަދަށްވުރެ އެކެއް އިންސައްތަ އިތުރަށެވެ.
ރާއްޖެއާ ރާއްޖެއިން ބޭރުގައި 422 ވޯޓު ފޮށި ބަހައްޓާފައިވާއިރު ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގަ އެކަންޏެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މި ބާއްވަނީ އެކި ސަބަބުތަކާއި ހެދި އިންތިހާބު ފަސްކުރަމުން ގޮސް އިންތިހާބު ބާއްވަން އިއުލާނު ކުރި ހަތަރު ވަނަ ތާރީހުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް