ހަނގުރާމައިގަ ވައޮލިންއަކާއެކު ސީރިޔާއިން ފިލި ރެފިއުޖީއަކު ލަވަ އަލްބަމެއް ނެރެފި

ސީރިއާގައި މިހާރު ކުރަމުންދާ ދާޙިލީ ހަނގުރާމައިގެ ސަބަބުން އަމިއްލަ ޤައުމު ދޫކޮށް ވައޮލިން އެއް ސީރިޔާއިން ފިލި ރެފިއުޖީއަކު ލަވަ އަލްބަމެއް ނެރެފި އެވެ. ސީރިޔާގެ ހޮމްސް ސިޓީއަށް އުފަން، އުމުރުން 21 އ...

06 May 2017 | 02:41

ސީރިއާގައި މިހާރު ކުރަމުންދާ ދާޙިލީ ހަނގުރާމައިގެ ސަބަބުން އަމިއްލަ ޤައުމު ދޫކޮށް ވައޮލިން އެއް ސީރިޔާއިން ފިލި ރެފިއުޖީއަކު ލަވަ އަލްބަމެއް ނެރެފި އެވެ.

ސީރިޔާގެ ހޮމްސް ސިޓީއަށް އުފަން، އުމުރުން 21 އަހަރުގެ ރަމީ ކިޔާ އެ މީހާއަކީ 2015 ވަނަ އަހަރުން ފެށިގެން ޖަރުމަނުގައި ރެފިއުޖީއެއް ގޮތުގައި އުޅޭ މީހެކެވެ. އަމިއްލަ ޤައުމުގައި ދިރިއުޅުންއިރު އޭނާއަކީ މިއުޒިކް ކިޔަވާ ދަރިވަރެކެވެ. އޭނާ އެންމެ ޝައުގުވެރިކަމެއް ހުންނަނީ ވައޮލިން ކުޅުމަށެވެ.

"މައި ޖާނީ" ކިޔާ އެ އަލްބަމް ޕްރޮޑިއުސް ކޮށްފައިވާނީ ލަވަ ޕްރޮޑިއުސް ކުރުމުން އެވޯރޑް ހާޞިލްކޮށްފައިވާ މަޝްޙޫރު ދެފަރާތަކުންނެވެ. އަރަބި ބަހުން ކިޔާފައިވާ ރަމީގެ އަމިއްލަ ދިރިއުޅުމަށް ހަދާފައިވާ ލަވަތަކަކާއި ވަން ރިޕަބްލިކް ބޭންޑުގެ ކައުޓިން ސްޓާރސްގެ ކްލެސިކަލް ކަވާރއެއްގެ އިތުރުން ސައިލެންޓް ނައިޓްގެ ރެންޑިޝަންގެ ކަވާރއެއް އެ އަލްބަމްގައި ހިމެނެ އެވެ.

އެ އަލްބަމް ނެރެފައިވަނީ ރެޑް ކްރޮސް ކެންޕެއިންގެ ދަށުން ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުގައި ނިކަމެތިވަމުންދާ މީހުނަށް އެހީތެރިވުމުގެ ގޮތުންނެވެ.

ޖަރުމަނާ ހަމައަށް ދިއުމަށް، ރަމީ އަށް ޤައުމެއް ހުރަސްކޮށްފައިވެ އެވެ. އޭނާވަނީ ޖަރުމަނާއި ހަމައަށް ދިއުމަށް ލީބިއާ، ތުރުކީ، ގްރީސް، ސާރބިއާ އަދި ހަންގޭރިއާ ފަދަ ޤައުމުތަކެއް ހުރަސްކޮށްފަ އެވެ.

ރަމީ އެ ދަތުރުގައި އޭނާ އެންމެ ގަޔާވާ މިއުޒިކް އިންސްޓުރޫމެންޓް ވައޮލިން ގެންދިއަ އެވެ. އެ ދަތުރުގެ ތެރެއިން ގްރީސްގެ ކޮސް އަދި އެތެންސާއި، މެކެޑޯނާގައި އޭނާގެ ވައޮލިން ކުޅުމުގެ ހުނަރު ދައްކާލާއި އެ ހިސާބު ތަންތަނުގެ ނޫސްވެރިންގެ މަގުބޫލުކަން ހޯދާފައިވެ އެވެ.

ނަމަވެސް އެ ދަތުރުގެ ތެރެއިން ހަންގޭރިއާގެ ރަށެއް ހުރަސްކުރުމަށް ރާމީ ދަތުރުކުރި ރޭލެއްގެ ތެރެއިން ފުލުހުންގެ ބަޔާކާއި ކުރިމަތިލާ ހިނގި ހަމަނުޖެހުމެއްގެ ތެރޭގައި އޭނާގެ ވައޮލިން ގެއްލުނެވެ.

ރަމީ ފުރަތަމަ ރެފިއުޖީއެއް ގޮތުގައި އުޅުނު ދެކުނު ޖަރުމަނުގެ ރަށެއް ކަމަށްވާ ސަސްބަޗްވަލްޑެންއަށް އެތެރެވީ މޫނިޗްގެ މަގުންނެވެ.

"އެގޮތައް އެރަށް އެތެރެވާ ރެފިއުޖީންއަށް އެހީތެރިވާ އަންހެނަކާއި އަހަރެންނާއި ދިމާވި. އަހަރެން ކުރި ދަތުރުގެ ތަޖުރިބާ އެނާއާއި ހިއްސާ ކުރުމުން އޭނާއަށް އަހަންނަށް އެހީތެރިކަން ފޯރުކޮށްދިން. އަހަރެންނަށް ވައޮލިނެއް އަލުން ލިބުނީ އޭނާ އަހަރެންނަށް ތަޢާރަފްކޮށްދިން މީހެއްގެ ފަރާތުން ހަދިޔާއަކަށް." ރަމީ ބީބީސީގައި ބުނެފައިވެ އެވެ.

ރަމީ މިހާރު ރެފިއުޖީއެއް ގޮތުގައި ދިރިއުޅެމުންދަނީ ޖަރުމަނުގެ ލަހްރުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް