ކުދަކުދިންނަށް ހާއްސަކޮށްގެން އުފައްދާ އަދި މުޅި ދުނިޔޭގައިވެސް މަގުބޫލުކަން ހޯދާފައިވާ ޖޯންސަން އެންޑް ޖޯންސަން ބްރޭންޑުގެ އުފެއްދުންތަކުން ކެންސަރު ޖެހޭކަމުގެ 2400 އަށްވުރެ ގިނަ މައްސަލަ ކޯޓުތަކަށް ހުށަހެޅިއްޖެ އެވެ.
މި އަދަދު ހާމަކުރީ އެ ކުންފުންޏާއި ދެކޮޅަށް އެމެރިކާ އަންހެނަކު ކުރި ދައުވާއެއް ކާމިޔާބުވެ ޖޯންސަން އެންޑް ޖޯންސަން ކުންފުނިން އެމީހާއަށް 85 މިލިއަން ޑޮލަރު ދައްކަން ޖެހުމުން އެކަން އިސްތިއުނާފު ކުރާނެ ކަމަށް ބުނެ ނެރެނު ބަޔާނުގައި އެވެ.
ޖޯންސަން އެންޑް ޖޯންސަން އާއި ދެކޮޅަށް އެމީހާ ދައުވާ ކުރީ އޯވަރީއަށް ކެންސަރު ޖެހުނީ އެ ބްރޭންޑުގެ ސައިބޯނި ބޭނުން ކުރުމުން ކަމަށް ބުނެ އެވެ. އޭނާ ބުނެފައިވަނީ ޖޯންސަން ސައިބޯނި ބޭނުން ކުރާތާ 40 ށްވުރެ ގިނަ އަހަރު ވެދާނެ ކަމަށާއި އޯވަރީއަށް ޖެހުނު ކެންސަރުގެ އަސަރު މިހާރު ފުއްޕާމެއަށްވެސް ކޮށްފައިވާ ކަމަށެވެ.
އެމީހާއަށް ދޭންޖެހުނު ފައިސާގެ މައްސަލައިގަ ޖޯންސަން އެންޑް ޖޯންސަން އިން ބުނީ އެމީހުންގެ އުފެއްދުންތަކުން ކެންސަރުކެޖޭ ކަމަށް ބުނުމަކީ އަޖައިބުވާ ކަމެއް ކަމަށެވެ. އަދި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކެންސަރު ޖެހޭ ކަމަށް ބުނެ އެ ކުންފުންޏާއި ދެކޮޅަށް 2400 އަށްވުރެ ގިނަ ދައުވާކޮށްފައިވާ ކަމަށެވެ.
އެކަމަކު އޭގެ ތެރެއިން ބައެއް މައްސަލަތައް ކޯޓުން ބޭރުކޮށްފައިވާކަން ފާހަގަކޮށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވަނީ އެ މީހުންނަށް ކެންސަރު ޖެހިފައިވަނީ ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުމުންކަން ޔަގީން ކޮށްދެވޭވަރުގެ ސައިންޓިފިކް ހެކި ހުށަހެޅިފައިނުވާ ކަމަށެވެ. އެހެންވެ އެމެރިކާ މީހާއަށް ދައްކަން ކޯޓުން ހުކުމް ކުރި ފައިސާގެ މައްސަލަ އިސްތިއުނާފު ކުރަން ނިންމީ ކަމަށެވެ.
ޖޯންސަން އެންޑް ޖޯންސަންގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނަ މީހުންނަށް ކެންސަރު ޖެހުނު ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވަނީ ސައިބޯނިންނާއި ފުށުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން 2006 ވަނަ އާންމކޮށްފައިވާ ބަޔާނެއްގައި ބުނެފައފައިވަނީ މޫނާއި ގައިގަ ޖަހާ ފުށް އުފެއްދުމުގައި ކެންސަރު ޖެހުމަށްމަގުފަހިވާ ކެމިކަލްއެއް ބޭނުން ކުރާކަން ފާހަގަވެފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް