ޓަޗް ސްކްރީން "ޖެކެޓެއް" ތަޢާރަފްކުރަނީ!

ގޫގުލް އަދި ލެވީ ގުޅިގެން މިއަހަރުގެ ފަހުކޮޅުގައި ޓަޗް ސްކްރީން ޖެކެޓެއް ތައާރަފު ކުރަން ނިންމައިފި އެވެ. ގަދަ ނޫކުލައިގެ ޑެނިމް އަތް ދިގު އެ ޖެކެޓްގައި ހިމެނޭ ފީޗާތަކުގެ ތެރޭގައި ޖެކެޓުގެ ވައަތުގައި ...

06 May 2017 | 00:59

ގޫގުލް އަދި ލެވީ ގުޅިގެން މިއަހަރުގެ ފަހުކޮޅުގައި ޓަޗް ސްކްރީން ޖެކެޓެއް ތައާރަފު ކުރަން ނިންމައިފި އެވެ.

ގަދަ ނޫކުލައިގެ ޑެނިމް އަތް ދިގު އެ ޖެކެޓްގައި ހިމެނޭ ފީޗާތަކުގެ ތެރޭގައި ޖެކެޓުގެ ވައަތުގައި ކެޕްޓީވް ޓަޗްޕެޑްއެއް އިންނާނެ އެވެ. ބުލޫޓޫތުން ފޯނާއި ކަނެކްޓުކުރާ އެ ޓަޗްޕެޓްގެ އެހީގައި، ޖެކެޓުގައި ދެންހުރި ފީޗާތައް ބޭނުން ކުރެވޭނެ އެވެ.

އެ ޖެކެޓާއެކު ޖެކެޓު ބޭނުންކުރުމަށް ޙާއްޞަ އެޕްލިކޭޝަނެއް ތަޢާރަފްކުރާނެ އެވެ. އެ އެޕްލިކޭޝަންގެ އެހީގައި، ޖެކްޓުގެ ވައަތަށް އިނގިލިން ދެފަހަރު ފިތާލުމުން ސްމާޓްފޯނުގައި ހުރި މިއުޒިކް ޕްލޭވާނެ އެވެ. އަދި އިނގިލިން މައްޗަށް ސްވައިޕްކޮށްލުމުން ގަޑި ހިނގަމުން ވަރު ދައްކާނެ އެވެ. އެ ޖެކެޓުގައި ހިމެނޭ އިތުރު ފީޗާސްތަކުގެ ތެރޭގައި ފޯނަށް އަންނަ ކޯލްތަކަށް ޖަވާބުދިނުމާއި، ދާން ބޭނުންވާ ތަނުގެ މަގު ދައްކައިދޭނެ އެވެ.

ގޫގުލްއިން މިހާރުދަނީ ތާޑް-ޕާޓީ ޑެވެލޮޕާސްއަށް އެ ޕްލެޓްފޯމް ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.

ލެވީން ބުނީ އެ ޖެކެޓު އިތުރަށް ބޭނުންކުރާ މީހާއާއި އިންޓަރެކްޓް ވާނެގޮތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ޖެކެޓަކީ ވޯޓާ ރެސިސްޓެންޓް ޖެކެޓަކަށް ހެދުމަށް ލެވީން މަސައްކަތް ކުރަމުންދާކަށް އެ ކުންފުނިންވަނީ ބުނެފަ އެވެ.

އެ ޖެކްޓުގެ ބެޓަރީގެ ޗާޖު ދެ ދުވަސް ވަންދެން ހިފަހައްޓާނެ އެވެ. ޗާޖު ކުރަންޖެހޭނީ ޔޫއެސްބީ ކަނެކްޝަނެއް ބޭނުންކޮށްގެންނެވެ.

"ޕްރޮޖެކްޓް ޖެކުއާޓް" ނަމަކަށް ކިޔާ ޕްރޮޖެކްޓެއްގެ ދަށުން އެ ޖެކެޓު ހެދުމުގެ މަސައްކަތް ފެށިކަމަށް ގޫގުލް އަދި ލެވީންއިން ހާމަކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި އެވެ. އެ ދެ ކުންފުނިން މިހާރުވަނީ އެ ޖެކެޓު މިއަހަރުގެ ފަހުކޮޅު ނެރޭނެކަން ޔަޤީންކޮށްދީ، އޭގެ އަގުވެސް ހާމަކޮށްފަ އެވެ. އެ ޖެކެޓުގެ އަގަކީ 350 އެމެރިކާ ޑޮލަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް