އެފް 15 މަރުކާގެ، ހަނގުރާމަމަތީ ޖެޓެއް -
އީރާނުން ވައްޓައިލި އެފް-15އީ ސްޓްރައިކް އީގަލް ޖެޓުގެ ދެ ފަޅުވެރިން ދުޝްމަނުންގެ ސަރަހައްދުގެ ތެރެއިން ސަލާމަތްކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
މި އޮޕަރޭޝަނުގައި ފުރަތަމަ ޕައިލެޓް ސަލާމަތްކުރީ ދުވާލުގެ ވަގުތުގައި ހަތް ގަޑިއިރުގެ މިޝަނެއްގައެވެ. ނަމަވެސް ވެޕަންސް ސިސްޓަމްސް އޮފިސަރުގެ ލޮކޭޝަން އީރާނާއި އެމެރިކާއަށްވެސް ފުރަތަމަ ނޭނގުނެވެ. އީރާނާއި އެމެރިކާ އެއްފަހަރާ ފެށީ އޭނާ ހޯދުމުގެ ރޭހެކެވެ.
ސީއައިއޭ އިން އީރާނުގެ ތެރޭގައި އޮޅުވާލުމުގެ ކެމްޕެއިނެއް ހިންގައި، އެ ކްރޫ ހޯދައި އެއްގަމު މަގުން ޤައުމުން ބޭރުކުރަމުންދާ ކަމުގެ ދޮގު މައުލޫމާތު ފެތުރިއެވެ. މިކަމުގެ ސަބަބުން ލިބުނު ވަގުތުގައި ސީއައިއޭ އިން އޭނާ ހުރި ތަން ދެނެގަތް ކަމަށާއި ޒަޚަމްވެފައި ހުރެ އޭނާ ވަނީ 7,000 ފޫޓު އުސް ފަރުބަދައަކަށް އަރައި ހޮހޮޅައެއްގައި ފިލާފައިވާކަމަށް އެމެރިކާއިން ބުނެއެވެ. ކޯޑިނޭޓްސް ޕެންޓަގަނާއި ވައިޓް ހައުސް އަށް ފޮނުވީ ސީއައިއޭ އިން ކަމަށްވެސް އެމެރިކާއިން ބުނެފައިވެއެވެ.
ހަމަ އެ ދަނޑިވަޅުގައި އީރާނުގެ ދައުލަތުގެ ޓީވީއާ ގުޅުން ހުރި ޗެނެލަކުން ދިޔައީ ހުޅަނގު ދެކުނު އީރާނުގެ ރައްޔިތުންގެ ކިބައިން "ދުޝްމަން" ފުލުހުންނާ ހަވާލުކޮށްދޭން ގޮވައިލައި، އިނާމެއް ވެސް ހުށަހަޅަމުންނެވެ.
ރެސްކިއު މިޝަންގައި އެމެރިކާއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. އީރާނުގެ ޖޮއިންޓް މިލިޓަރީ ކޮމާންޑުން ބުނީ އޮޕަރޭޝަނުގައި ބައިވެރިވި ދެ ބްލެކް ހޯކް ހެލިކޮޕްޓަރަށް ހަމަލާ ދިން ކަމަށެވެ. ދެ ހެލިކޮޕްޓަރު ވެސް ރައްކާތެރި ސަރަހައްދަކަށް ދަތުރުކުރި ކަމަށް އެމެރިކާއިން ބުނެއެވެ. އޭގެ އިތުރުން ޓެކްނިކަލް މައްސަލައެއް ދިމާވެ ދެ ސީ-130 ޓްރާންސްޕޯޓް ބޯޓު ދޫކޮށްލާން ޖެހުމުން، ދުޝްމަނުންގެ އަތަށް ނާރާނެހެން އެ ދެ ބޯޓު ގޮއްވައިލީކަމަށްވެސް އެމެރިކާއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް