ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ހިންގާ ކާފިއު ގަޑީގައި މިއަދު183 މީހަކު ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކާފިއު ހިންގަނީ މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހެއްގެ ހަވީރު5:00 ން ރޭގަނޑު8:00 އަށެވެ.
ފުލުހުން ބުނީ މިއަދު ކާފިއު ހިންގި ގަޑީގައި ބޭރަށް ނުކުތް މީހުންގެ ތެރެއިން އެކަކު1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އެމީހާ ޖޫރިމަނާ ކުރީ ތިން ދުވަހު ނަސޭހަތް ދިނުމަށް ފަހު އެވެ.
މިއަދު ހުއްޓުވި183 މީހުންގެ ތެރެއިން150 މީހުންނަކީ ދިވެހިންނެވެ. އަނެއް33 މީހުންނަކީ ބިދޭސީންނެވެ. މިއަދު ހަ މީހަކަށް ދެ ވަނަ ނަސޭހަތް ދިނެވެ.
ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ރައްޔިތުންގެ ފަރާތުން މިކަމުގައި އިތުރަށް ސީރިއަސްވުމަށް އިލްތިމާސްކޮށްފައި އެވެ. އެ ސެންޓަރުން ބުނީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅަކީ މި ނުރައްކާތެރި ބަލި ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް