މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ނަތީޖާ އިއުލާން ކުރަން ފަށައިފިއެވެ.
މި އިންތިހާބުގައި 87 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރިއެވެ.
އެގޮތުން އެމްޑީޕީގެ 85، ޕީޕީއެމްގެ 27، ޕީއެންސީގެ 20 އަދި ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަދާލަތު ޕާޓީގެ ނުވައެއް، އެމްޑީއޭގެ އަށެއް، ޑީއާރްޕީގެ ފަހެއް، އެމްޓީޑީގެ އަށެއް، އަދި ލޭބާ ޕާޓީގެ 11 ކެންޑިޑޭޓުން ވާދަކުރެ ކުރާއިރު އަމިއްލަ ގޮތުން 174 ކެންޑިޑޭޓުން ވާދަކުރިއެވެ.
އަދި 10 ޕާޓީއަކުން އަދި އަމިއްލަ ގޮތުން 386 ކެންޑިޑޭޓުން ވާދަކުރެއެވެ.
ވޯޓުލުން ފެށިފައިވަނީ މިއަދު ހެނދުނު 08:00 ޖެހިއިރު އެވެ. އަދި ވޯޓުލުން ނިންމާލާފައިވަނީ އިރުއޮއްސި 18:00 ޖެހިއިރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް