މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަޑައެއްނުގަންނަވައެވެ.
އެ މަނިކުފާނު ވޯޓުލާން ޖެހިވަޑައިގަންނަވަނީ މައްޗަންގޮޅި އުތުރު ދާއިރާއަސެވެ. އަދި ރައީސް ޔާމީން ވޯޓުލައްވަން ވަޑައިނުގަންނަވާނެ ކަމަށް އެ ޕާޓީގެ ބައެއް އިސް ފަރާތްތަކަށް އަންގާފައިވާކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.
މައްޗަންގޯޅި އުތުރު ދާއިރާއަށް ޕީޕީއެމްގެ ކެންޑިޑޭޓެއް ކަމަށްވާ ކުރީގެ ޖަރުމަނު ސަފީރު ޖަމީލާ އަލީ ކުރިމަތިލެއްވި އެވެ.
އެ މަނިކުފާނު އެއްވެސް ކެންޑިޑޭޓެއްގެ ކެންޕެއިންއަށް ވަޑައު ނުގެންނެވި ނަމަވެސް ފޯނުން ގުޅުއްވައިގެން ސަޕޯޓަރުންނާ ވާހަކަފުޅު ދެއްކެވިއެވެ.
ވޯޓު ލުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެކެވެ. ވޯޓު ލުމުގެ ހައްގު ލިބިގެންވާ އެންމެން ނުކުމެ ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް މިއަދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް