ރައްޔިތުންގެ މަޖިލީހުގެ ނަވާރަވަނަ ދައުރަށް މެމްމަބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު ބައެއް ސަރަހައްދުތަކުގައި ވޯޓު ކިއު ބަންދުކޮށް ބައެއް ސަރަހައްދުތަކުގައި ވޯޓު ފޮށިތައް ބަންދުކުރަން ފަށައިފިއެވެ.
ވޯޓުލުން ފަށާފައިވަނީ ހެނދުނު 08:00 ގައެވެ. ކުރިން އޮތް ގޮތުން ނަމަ ވޯޓުލުން 04:00 ގައި ނިމޭނެއެވެ. ނަމަވެސް ބަންދުކުރާ ވަގުތު ދެ ގަޑިއިރަށް ފަސްކުރަން އިލެކްޝަންސުން ވަނީ ނިންމާ އެކަން އަންގާފައެވެ.
މި އިންތިހާބުގައި ނުވަ ޕާޓީއަކާއި އަމިއްލަގޮތުން 386 ކެނޑިޑޭޓުން 87 ދާއިރާއަށް ވާދަކުރެއެވެ. އެމްޑީޕީގެ 85 ކެންޑިޑޭޓުންނާއި ޕީޕީއެމްގެ 27 އަދި ޕީއެންސީގެ 20 ކެންޑިޑޭޓަކާއި ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓަކު ވާދަކުރެއެވެ. އަދި އަދާލަތު ޕާޓީގެ ނުވަ ކެންޑިޑޭޓުންނާއި އެމްޑީއޭގެ އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. ޑީއާރްޕީގެ ފަސް ކެންޑިޑޭޓުން އަދި އެމްޓީޑީގެ އަށް ކެންޑިޑޭޓުން ވާދާ ކުރާއިރު ލޭބާ ޕާޓީގެ 11 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަމިއްލަ ގޮތުން 174 ކެންޑިޑޭޓުން ވާދަކުރެ އެވެ.
ބައެއް ފޮށިތައް ބަންދުކޮށް ބައެއް ކިއުތައް ބަންދުކޮށްފައިވާއިރު ގާތްގަނޑަކަށް ތިރީހަކަށް މިނެޓު ތެރޭގައި ބައެއް ސަރަހައްދުތަކުގައި ނަތީޖާ އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް