ލޯބީގެ ސިޓީތަކެއް 575،000 ޑޮލަރަށް ވިކިއްޖެ

ފްރާންސްގެ ތާރީހީ ލީޑަރު ނަޕޯލިޔޯން ބޮންޕާރޓްގެ ލޯބީގެ ތިން ސިޓީއެއް 575،000 ޑޮލަރަށް ވިކިއްޖެއެވެ. ނަޕޯލިޔޯންގެ މި ސިޓީތަކަކީ އޭނާގެ އަނބިމީހާ ޖޯސެފީން އަށް ލިޔެފައިވާ ސިޓީތަކެކެވެ. މި ސިޓީތައް ލިޔެފ...

06 Apr 2019 | 12:48

ފްރާންސްގެ ތާރީހީ ލީޑަރު ނަޕޯލިޔޯން ބޮންޕާރޓްގެ ލޯބީގެ ތިން ސިޓީއެއް 575،000 ޑޮލަރަށް ވިކިއްޖެއެވެ.

ނަޕޯލިޔޯންގެ މި ސިޓީތަކަކީ އޭނާގެ އަނބިމީހާ ޖޯސެފީން އަށް ލިޔެފައިވާ ސިޓީތަކެކެވެ. މި ސިޓީތައް ލިޔެފައިވަނީ 1796 އަކާއި 1804 ވަނަ އަހަރާއި ދެމެދުގައެވެ. މި ސިޓީތައް ނީލަމުގައި ވިއްކާލާފައިވަނީ ފްރާންސްގެ ނީލަންކިޔާ ކުންފުންޏެއް ކަމުގައިވާ ޑްރޯއޯގައެވެ.

މީގެ ތެރެއިން އެއް ސިޓީގައި އޭނަގެ އަނބިމީހާ، ޖޯސެފީންގެ ފަރާތުން ސިޓީ ނުލިބޭތީ އެކަން ނަޕޯލިޔޯން ފާހަގަ ކޮށްފައިވެއެވެ. މި ސިޓީގައި ނަޕޯލިޔޯން ބުނެފައިވަނީ ޖޯސެފީންގެ ބޮލުގައި ވަރަށް ފޮނި ހިޔާލުތައް ހިނގާ ކަމަށް އޭނަ ގަބޫލު ކުރާކަމަށާއި މިކަމާއި ހެދި އޭނަ މަތިން ހަނދާން ނެތޭކަމަށެވެ. އަދި އޭނަގެ ވަރުބަލިވެފައިވާ ސިކުނޑީގައި ހިނގަނީ ހަމައެކަނި ޖޯސެފީންގެ ހިޔާލުކަމަށާއި، އެދެނީވެސް ހަމަ އެކަނި ޖޯސެފީންއަށް ކަމަށް ނަޕޯލިޔޯން މި ސިޓީގައި ލިޔެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް