އެމެރިކާގެ ކަންސާސް، ގޮޑާޑްގެ އެލެމެންޓްރީ ސުކޫލެއްގެ ހަތް ޓީޗަރުން އެއްފަހަރާ ބަނޑު ބޮޑުވެއްޖެއެވެ.
މިއީ އެސުކޫލުގައި ކިޔަވައިދެމުން ދާ ޓީޗަރުންގެ އަދަދުގެ ދެބައިކުޅަ އެއްބައެވެ. ބަނޑުބޮޑުވި ޓީޗަރުން ބުނެފައިވާ ގޮތުގައި މިއީ ރާވައިގެން ކުރި ކަމެއް ނޫން ކަމަށެވެ. މި ސުކޫލުގެ ޕްރިންސިޕަލް އޭޝްލީ މިލާ ބުނެފައިވާ ގޮތުގައި، އޯކް ސްޓްރީޓް ސުކޫލުގެ ޕްރިންސިޕަލްގެ ގޮތުގައި ހޭދަ ކޮށްފައިވާ ދެ ގަރުނުގައި މިފަދަ ކަމެއް ފެނިފައި ނުވާ ކަމަށެވެ. އެ ސުކޫލުގެ އާއިލާއަކީ މީގެ ކުރިން ބޮޑު އާއިލާއެއްކަމަށާއި އަދި މިހާރު އެ އާއިލާ އެއަށް ވުރެ ބޮޑު ވެއްޖެ ކަމަށްވެސް މިލާ ވަނީ ބުނެފައެވެ. މާބަނޑުވެފައިވާ ޓީޗަރުންގެ ތެރެއިން ދެ ޓީޗަރަކު ވަނީ އޮކްޓޯބަރު މަހުގައިވެސް ވިހާފައެވެ. އަދި މިހާރު ބަނޑު ބޮޑު ޓީޗަރުންގެ ތެރެއިން އެއް ޓީޗަރަކު ބަލިވެ އިދެފައިވަނީ އެއް މާބަނޑު ދެކުދިންނަށެވެ.
މިލާ މައުލޫމާތު ދީފައިވާ ގޮތުގައި ބަނޑުބޮޑު ޓީޗަރުން ވިހަން ޗުއްޓީއަށް ދިޔުމުން ކިޔަވަދޭނީ ސަބްސްޓިޓިއުޓް ޓީޗަރުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް