ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފެށިގެން ކުރިއަށްދާއިރު މިއަދު މެންދުރު 02:00 އާއި ހަމައަށް އެއް ލައްކަ މީހުން ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން އިންތިހާބުގެ ސްޓެޓިސްޓިކްސް ހިއްސާ ކޮށްފައިވާއިރު އެންމެ ފަހުން ހިއްސާކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް ވޯޓު ލާފައިވަނީ އެއް ލައްކަ ސާޅީސް ހަ މީހުންނެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ ދެ ލައްކަ ފަސްދޮޅަސް ހަތަރު ހާސް ސާޅީސް ދެއެކެވެ.
މިހާތަނަށް ވޯޓުލާފައިވާ މީހުންނަށް ބަލާލާއިރު ފަންސާސް ތިންހާހަށްވުރެ ގިނަ ފިރިހެނުން އަދި ސާޅީސް ހަހާހަށްވުރެ ގިނަ އަންހެނުން ވޯޓު ލާފައިވެއެވެ.
އީސީން ހާމަކޮށްފައިވާ ސްޓެޓިސްޓިކްސް އަށް ބަލާއިރު އެހެން ކަމެއް ފާހަގަކުރެވެއެވެ. އެއީ ވޯޓުލާން ދާ މީހުންގެ އަދަދު ކުއްލި ގޮތަކަށް ދަށްވެފައިވާކަމެވެ. އެގޮތުން މެންދުރު 12ގެ ފަހުން ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް