ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމާއި ގުނުމުގެ އެންމެހައި ކަންކަން ރާއްޖޭގެ އެކި ސަރަޙައްދުގެ 20 ފޮށްޓެއް އޮބްޒާވް ކުރަމުން ދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މީގެ އިތުރުން މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށްވެސް އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތް ކުރާ ކަމުގައެވެ.
https://twitter.com/hrcmv/status/1114423200358719489
މި އިންތިހާބުގެ ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށްދާއިރު ހަވީރު 04:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިހާބުގައި 10 ޕާޓީއަކާއި އަމިއްލަގޮތުން 386 ކެނޑިޑޭޓުން ވާދަކުރެއެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264442 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް