ވޯޓް ކަރުދާހުގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކޮށްފި

ގއ. ވިލިނގިލީގައި ވޯޓް ކަރުދާހުގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކޮށްފިއެވެ. ވިލިނގިލީގައި ވޯޓް ލާން ދިޔަ މީހަކު، ވޯޓު ލުމަށްފަހު ކަރުދާހުގެ ފޮޓޯ ނެގުމުން ހައްޔަރު ކުރި ކަމަށާއި، ހައްޔަރު ކޮއްފައިވަނީ ހަތަ...

06 Apr 2019 | 07:26

ގއ. ވިލިނގިލީގައި ވޯޓް ކަރުދާހުގެ ފޮޓޯ ނެގި މީހަކު ހައްޔަރު ކޮށްފިއެވެ.

ވިލިނގިލީގައި ވޯޓް ލާން ދިޔަ މީހަކު، ވޯޓު ލުމަށްފަހު ކަރުދާހުގެ ފޮޓޯ ނެގުމުން ހައްޔަރު ކުރި ކަމަށާއި، ހައްޔަރު ކޮއްފައިވަނީ ހަތަރު ގަޑިއިރަށް ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

ކޮންމެ އިންތިހާބެއްގައިވެސް ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު އެއީ ގާނޫނީ ކުށެކެވެ. އަދި ވޯޓުލާ މަރުކަޒަށް މޮނީޓަރުން ފިޔަވާ އެހެން މީހުން ފޯނު ނުވަތަ ފޮޓޯ ނެގޭނެ ވަސީލަތެއް ވެއްދުމަކީ ވެސް މަނާ ކަމެކެވެ.

ވޯޓުލުން ފަށާފައިވަނީ މިއަދު 08:00 ގައެވެ. އަދި ވޯޓް ލުން ކުރިއަށް ދާނީ މިއަދު ހަވީރު 16:00 އާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް