ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވޯޓު ލައްވައިފިއެވެ.
ފާރިސް ވޯޓު ލެއްވީ އަރަބިއްޔާ ސުކޫލުގައި ބަހައްޓާފައިވާ މައްޗަންގޯޅި އުތުރު ދާއިރާގެ ވޯޓު ފޮއްޓަށެވެ.
ފާރިސް އަކީ މައްޗަންގޯޅި އުތުރު ދާއިރާއަށް އަމިއްލަގޮތުން ވާދާކުރާ ކެންޑިޑޭޓެވެ.
މި އިންތިހާބުގެ ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށްދާއިރު ހަވީރު 04:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިހާބުގައި 10 ޕާޓީއަކާއި އަމިއްލަގޮތުން 386 ކެނޑިޑޭޓުން ވާދަކުރެއެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264442 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް