ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރަށް މެމްބަރުން ހޮވުމަށް ކުރިއަށްދާ އިންތިހާބު މިއަދު 08:00އިން ފެށިގެން ކުރިއަށްދާއިރު އަދި ވޯޓުލާފައިވަނީ އެންމެ 16 އިންސައްތަ މީހުންނެވެ.
މިކަން ހާމަކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް އެވެ.
އޭނާ ކުރެއްވި ޓްވީޓެއްގައި ހިއްސާކޮށްފައިވާ ސްޓެޓިސްޓިކްސް އިން ދައްކާގޮތުގައި 43 ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވެއެވެ. އެއީ 26 ހާހަށްވުރެ ގިނަ ފިރިހެނުންނާއި 16 ހާހަށްވުރެ ގިނަ އަންހެނުންނެވެ.
https://twitter.com/ShareefRangondi/status/1114405575142428672
އެ ސްޓެޓިސްޓިކްސް އިން ދައްކާގޮތުގައި އަދި ވޯޓު ނުލާ 83.7 އިންސައްތަ މީހުން އެބަތިއްބެވެ. އެހެންކަމުން ވޯޓު ލާފައިވަނީ 16 އިންސައްތަ މީހުންނެވެ.
މި އިންތިހާބުގެ ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށްދާއިރު ހަވީރު 04:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިހާބުގައި 10 ޕާޓީއަކާއި އަމިއްލަގޮތުން 386 ކެނޑިޑޭޓުން ވާދަކުރެއެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 264442 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް