ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވޯޓު ލައްވައިފިއެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވޯޓު ލެއްވީ މީޑިއާ ކައުންސިލް ހިންގާ އިދާރާގައި ބަހައްޓާފައި ހުރިި، ފުމައްމުލަކު ދެކުނު ދާއިރާގެ ވޯޓު ފޮށްޓަށެވެ.
ނައިބު ރައީސް ވޯޓުލެއްވުމަށްފަހު ވިދާޅުވީ، ވީހާވެސް ގިނަ ބޭފުޅުން ގައުމަށްޓަކައި، މުސްތަގްބަލަށްޓަކައި އަދި ރައްޔިތުންނަށްޓަކައި ވަޑައިގެން ވޯޓު ލެއްވުމަށެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސުލްހަވެރި ކަމާއ ި އެކީ ވޯޓުލުން ކުރިޔަށް ދާތީ ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.
ނައިބު ރައީސްގެ އިތުރުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް ވަނީ މި ފޮއްޓަށް ވޯޓު ލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް