މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި މިހާތަނަށް ދެ މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ނަވާރަވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ވޯޓުލުން ފެށިގެން ކުރިއަށްދާއިރު ފުލުހުން އަންނަނީ އިންތިހާބުގެ ކަންކަން ވަރަށް ގާތުން ބަލައި އިންތިހާބުގެ އެންމެހާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފުލުހުން އަންނަނީ މިކަމަށް ހާއްސަ އޮޕަރޭޝަނެއްވެސް ހިންގަމުންނެވެ.
މި އިންތިހާބުގެ ވޯޓުލުން ހެނދުނު 08:00ގައި ފެށިގެން ކުރިއަށްދާއިރު ހަވީރު 04:00 އާއި ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ. މި އިންތިހާބުގައި 10 ޕާޓީއަކާއި އަމިއްލަގޮތުން 386 ކެނޑިޑޭޓުން ވާދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް