މަޖިލިސް އިންތިހާބުގެ ނަތީޖާ އައުން ލަސްވާނެ: އީސީ

ކުރިއަށްދާ މަޖިލިސް އިންތިހާބުގެ ނަތީޖާ އައުން ރިޔާސީ އިންތިހާބަށް ވުރެ ލަސްވާނެ ހަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވަނީ ވޯޓު ގުނުމުގ...

06 Apr 2019 | 05:05

ކުރިއަށްދާ މަޖިލިސް އިންތިހާބުގެ ނަތީޖާ އައުން ރިޔާސީ އިންތިހާބަށް ވުރެ ލަސްވާނެ ހަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެފައިވަނީ ވޯޓު ގުނުމުގަ އާއި ނަތީޖާއައުން ލަސްވުން އެކަށީގެންވާކަމަށާއި، އެއީ އެއް ފޮއްޓަކަށް އެތައް ދާއިރާއަކުން މީހުން ވޯޓުލާތީ ކަމަށެވެ.

އަދި މިކަމާ ގުޅިގެން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އެ ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ  އެންމެ ފުރަތަމަ ނަތީޖާ އިއުލާނު ކުރާނީ އިލެކްޝަންސް ކޮމިޝަނުން ކަމަށެވެ.

ހަމައެއާއެކު މިފަހަރުގެ އިންތިހާބުގައި 501 ފޮށިން 8700 އަށް ވުރެ ގިނަ ނަތީޖާ ޝީޓު އަންނާނެ ކަމަށާއި، މި ހުރިހާ ނަތީޖާ ޝީޓެއް އެއް ވަގުތެއްގައި އަންނައިރު ވަގުތުނަގާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

އެގޮތުން ނަތީޖާ ގެނެސްދިނުން އަވަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ 60 މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް