ވޯޓުލުން ފެށިގެން ކުރިއަށް

ނަވާރަވަނަ މަޖިލިސް އިންތިހާބު ފެށިއްޖެއެވެ. މުޅި ރާއްޖޭގައި ވޯޓުލުން ކުރިއަށް ދާއިރު، މި އިންތިހާބުގައި 87 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަދު 8:00 ޖެހިއިރު ވޯޓުލުން ފަށައިފިއެވެ. އެގޮތުނ...

06 Apr 2019 | 03:51

ނަވާރަވަނަ މަޖިލިސް އިންތިހާބު ފެށިއްޖެއެވެ.

މުޅި ރާއްޖޭގައި ވޯޓުލުން ކުރިއަށް ދާއިރު، މި އިންތިހާބުގައި 87 ގޮނޑިއަށް މެމްބަރުން އިންތިހާބު ކުރުމަށް މިއަދު 8:00 ޖެހިއިރު ވޯޓުލުން ފަށައިފިއެވެ.

އެގޮތުން އެމްޑީޕީގެ 85، ޕީޕީއެމްގެ 27، ޕީއެންސީގެ 20 އަދި ޖުމްހޫރީ ޕާޓީގެ 41 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި އަދާލަތު ޕާޓީގެ ނުވައެއް، އެމްޑީއޭގެ އަށެއް، ޑީއާރްޕީގެ ފަހެއް، އެމްޓީޑީގެ އަށެއް، އަދި ލޭބާ ޕާޓީގެ 11 ކެންޑިޑޭޓުން ވާދަކުރެ ކުރާއިރު އަމިއްލަ ގޮތުން 174 ކެންޑިޑޭޓުން ވާދަކުރެ އެވެ.

މި އިންތިހާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތައް ވަކިވެފައިވާއިރު، ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީ އަދި ޕީއެންސީ ވަނީ ކޯލިޝަން ހަދާފައެވެ.

މި އިންތިހާބުގައި 10 ޕާޓީއަކުން އަދި އަމިއްލަ ގޮތުން 386 ކެންޑިޑޭޓުން ވާދަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް