ހުކުރަށްފަހު ފަލަސްތީނުގެ ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެ – އިޒްރޭލުން އަންނަނީ ހަމަލާ ދެމުން

މިއަދުގެ ހުކުރު ނަމާދަށްފަހު ފަލަސްތީނުގެ މުސްލިމުން މުޒާހަރާއަށް ނިކުމެފައިވާއިރު މުޒާހަރާ ކޮންޓްރޯލް ކުރުމަށް އިޒްރޭލުން ބަޑީގެ ހަމަލާ ދޭން ފަށައިފި އެވެ. ރޮއިޓާސް ފަދަ މީޑިއާތަކުން ރިޕޯޓް ކޮށްފައިވ...

06 Apr 2018 | 10:19

މިއަދުގެ ހުކުރު ނަމާދަށްފަހު ފަލަސްތީނުގެ މުސްލިމުން މުޒާހަރާއަށް ނިކުމެފައިވާއިރު މުޒާހަރާ ކޮންޓްރޯލް ކުރުމަށް އިޒްރޭލުން ބަޑީގެ ހަމަލާ ދޭން ފަށައިފި އެވެ.

ރޮއިޓާސް ފަދަ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި މިއަދުވެސް ފަލަސްތީނުގެ ރައްޔިތުން ކުރަމުން އަންނަނީ މިދިޔަ ހުކުރު ދުވަހު ކުރި ބާވަތުގެ ބޮޑު މުޒާހަރާ އެކެވެ. މިދިހަ ހުކުރު ދުވަހުގެ މުޒާހަރާގައި އިޒްރޭލުގެ ބަޑީގެ ހަމަލާތަކުގައި 18 މީހަކު ޝަހީދުކޮށްލާފައި ވެ އެވެ. މިއީ 2014 ވަނަ އަހަރަށްފަހު އެއް ދުވަހަކު ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

މިއަދުވެސް މުޒާހަރާ ކުރަމުން އަންނައިރު މުޒާހަރާގެ ބައިވެރިން އަންނަނީ ޓަޔަރު ތަކުގައި ރޯކޮށް އިޒްރޭލު ސިފައިންނާއި ދިމާއަށް ހިލަ އުކަމުންނެވެ. އިޒްރޭލު ސިފައިން އަންނަނީ ބަޑީގެ ހަމަލާތައް ދެމުންނެވެ.

އަދި މިހާތަނަށް މީހަކު ޝަހީދުވެފައިވާކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެ އެވެ. އިޒްރޭލުން އިއްޔެ ބުނެފައިވަނީ ބޯޑަރު ސަރަހައްދަށް އެއްވާނަމަ ބަޑިން ހަމަލާ ދޭނެ ކަމަށެވެ. އަދި ކިތަންމެ ބަޔަކު މަރުވިޔަސް ފަރުވާލެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް