ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ މަޖިލިސް ކެމްޕެއިން ދަތުރުފުޅުތަކަށް، ދައުލަތުގެ ބަޖެޓުން ޚަރަދު ނުކުރާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ. ހޫދު ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކަށް ޚަރަދުކުރާނީ އެމްޑީޕީއިން ކަމަށެވެ.
ރައީސް ސޯލިހުގެ ފުރަތަމަ ކެމްޕެއިން ދަތުރުފުޅު ކުރެއްވީ ރޭ ކ.ގުރައިދޫއަށެވެ. އެއީ ގުރައިދޫ ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު އާދިލް ސަލީމްގެ ކެމްޕެއިން ރަސްމީކޮށް ލޯންޗުކޮށްދެއްވުމަށެވެ.
އެމަނިކުފާނު މި ހަފްތާ ބަންދުގައި ކެމްޕެއިން ދަތުރުފުޅަކަށް އައްޑުއަށް ވަޑައިގަތުމަށް ވަނީ ތާވަލްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް