އެމްއާރުއެމްގެ މަޖިލިސް ކެމްޕެއިން މިރޭ ރާސްމީކޮށް ލޯންޗުކުރަން ނިންމައިފިއެވެ.
ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ ހަފްލާގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ޤައްޔޫމް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ސަރުކާރު ހިންގާ ކޯލިޝަންގެ އިސްބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިރޭގެ ހަފްލާގައި، ރައީސް މައުމޫނުގެ ތާއީދާއެކު ވާދަކުރާ ކެންޑިޑޭޓުންނަށް ޚާއްސަ ސިޓީފުޅެއް އަރުވާނެކަމަށް އެމްއާރުއެމް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ބޭއްފުޅެއް ކަމުގައިވާ އަބްދުﷲ އަލީމް ވިދާޅުވިއެވެ. އަލީމް ވިދާޅުވީ މިރޭގެ ހަފްލާގައި ކެމްޕެއިން ލަވައެއްވެސް ލޯންޗު ކުރާނެކަމަށެވެ.
އެމްއާރުއެމްގެ ސްލޯގަންއަކީ "މާއްދާ4" ކެވެ. އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށްދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް