ހިލޭ ހެލްމެޓު ބަހަން ބެއްވި ޕްރޮގްރާމުގެ ހަތްވަނަ އަދި އަށްވަނަ ސެޝަންގައި ބައިވެރިވި ބައިވެރިންނަށް ބަހާފައިވާ ހެލްމެޓު ތަކުގެ ސައިޒު ދިމާނުވާތީ، އެފަރާތްތަކަށް ހެލްމެޓު ބަދަލުކޮށްދޭނެ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފިއެވެ.
ޓްރާންސްޕޯޓު އޮތޯރިޓީއިން މިހެން ބުނީ، ހެލްމެޓް ބެހި ވަގުތު އެ ދެ ސެޝަންގެ ބައިވެރިންނަށް ބެހި ހެލްމެޓްގެ ސައިޒުތައް މަދުވެފައިވާތީއެވެ. އެހެންކަމުން މިނިސްޓްރީއިން ދެން ގެންނަ ހެލްމެޓްތަކަށް އެބައިވެރިންނަށް ބަދަލުކުރެވޭނެއެވެ. އެ އޮތޯރިޓީއިން ބުނީ ހެލްމެޓްގެ ސައިޒު ބަދަލުކޮށްދޭނީ، މިހާރު ދޫކޮށްފައިވާ ހެލްމެޓް ބޭނުން ނުކޮށް ގެނެސްފިނަމައެވެ. އެހެންކަމުން ހެލްމެޓް ގެންނައިރު އޭގެ ފޮށި އަދި ކަވަރާއެކު ބޭނުންނުކޮށް އޮންނަންޖެހޭނެއެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ، ސައިޒު ބަދަލުކުރަން އަންނަންޖެހޭ ދުވަހާއި ވަގުތު ފަހުން އިއުލާނުކުރާނެކަމަށެވެ. ސަބަބަކީ ފަހުން އަންނަ ހެލްމެޓުގެ ޝިޕްމަންޓް އަންނާނެ ދުވަހެއް އަދި ނޭންގޭތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް