ކުރިން ފަލަކަމުން ފޮޓޯ އަޕްލޯޑު ކުރަނީ އެޑިޓު ކޮށްގެން – މިހާރު ލަދެއް ނުގަނޭ

ފަލަކަމުން ކުރީގައި އަބަދުވެސް ޕޮޓޯ އަޕްލޯޑު ކުރަނީ އެޑިޓު ކޮށްގެންނެވެ. އެކަން ކުރަން ވަރުބަލިވެގެން އެންމެ ފަހުން ނިންމީ އަމިއްލަ ނަފްސަށް ބަދަލެއް ގެންނާށެވެ. މިއީ އުމުރުން 27 އަހަރުގެ ޕްރިޔަންކާ އ...

06 Mar 2019 | 05:57

ފަލަކަމުން ކުރީގައި އަބަދުވެސް ޕޮޓޯ އަޕްލޯޑު ކުރަނީ އެޑިޓު ކޮށްގެންނެވެ. އެކަން ކުރަން ވަރުބަލިވެގެން އެންމެ ފަހުން ނިންމީ އަމިއްލަ ނަފްސަށް ބަދަލެއް ގެންނާށެވެ. މިއީ އުމުރުން 27 އަހަރުގެ ޕްރިޔަންކާ އަގަރްވާލްގެ ވާހަކައެވެ.

އޭރު ހަޑިގަނޑުގައި 70 ކިލޯ ހުރެއެވެ. އެކަމާ ކުރީގެ ބިލިއާޑު ކުޅުންތެރިޔާ، ޕްރިޔަންކާ ވަރަށް ލަދުގަނެއެވެ. އަމިއްލަ ޕޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރަން ވެސް ލަދުގަނެއެވެ. އެންމެފަހުން އޭނާ ނިންމީ ހިކޭށެވެ. އެގޮތުން 5 މަސް ދުވަހުގެ ތެރޭގައި 15 ކިލޯ އޭނާ ހިއްކައިލީ ވަރަށް މަސައްކަތުންނެވެ.

ހެނދުނުގެ ނާޝްތާއަކަށް ޕްރިޔަންކާ ކަނީ ބްރައުން ބްރެޑް އެއް ނުވަތަ ޕީނަޓް ބަޓާރ ސޭންޑްވިޗް އެކެވެ. މެންދުރު ގެ ކެއުމަކަށް ޕްރިޔަންކާ ކަނީ ތަރުކާރީ ސެލެޑް އެއް ނުވަތަ ޕިއްޒާ ފުށްގަނޑަކަށް ބައިވަރު ޗީޒް އަޅައިގެންނެވެ. ރޭގަނޑުގެ ކެއުމަށް އޭނާ ކަނީ އެއް ރޮށްޓާއި އެކު ރާޖްމާ (ކިޑްނީ ބީންސް އިން ހަދާ ކާއެއްޗެއް) އެވެ.

މި ޑައިޓްގެ އިތުރުން އޭނާ ކަސްރަތުވެސް ކުރެއެވެ. ކޮންމެ ދުވަހަކު 6 ކިލޯމީޓަރަށް ދުވެފައި 30 މިނިޓް ވަންދެން ކަސްރަތު ކުރެއެވެ. ކާ ގަޑިތަކުގެ އިތުރުން ބަނޑުހައިވާނަމަ ސެލެޑެއް، ކެއްކި ކުކުޅު ބިހެއް ނުވަތަ ކިރުތައްޓަކަށް އޯޓްސް އަޅައިގެން ކާކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި އޭނާ ވަރަށް ގިނައިން ފެން ބޮއެވެ.

ޕްރިޔަންކާ ބުނިގޮތުގައި ފަލައިރު ހަށިގަނޑާ ގުޅޭ ހެދުމެއް ގަންނާކަށް ނޭންގެއެވެ. ކިޔަންމެ ރީތި ހެދުމެއް ލިޔަސް، ރީތި ކަމަކަށް ނުދައްކައެވެ. އަމިއްލަ ނަފްސް ހަޑިކަމަށް އަބަދުވެސް ބުނެވެއެވެ. ނަމަވެސް އޭނާގެ ބުރަ މަސައްކަތުން މިހާރު ރީތި ހެދުމެއް ލެވުމުން އަސްލުވެސް ރީތި ކަމަށް ފާހަގަކުރެވެއެވެ. އަދި މީހުން ކޮންމެ ދުވަހަކު އެއް ރާގަކަށް ކިޔާ "ހާދަ ފަލައޭ" ކިޔުންވެސް ހުއްޓިއްޖެއެވެ. ދެން މީގެ ފަހުން ސޯޝަލް މީޑިއާގައި ޝެއާ ކުރާ ފޮޓޯތައްވެސް އެޑިޓު ކުރާކަށް ނުޖެހޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް