ވޯޓް ކަރުދާހުގައި ކެނޑިޑޭޓުންގެ އާއްމު ނަން ޖަހަނީ

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފުރިހަމަ ނަމާއެކު އެ ކެންޑިޑޭޓެއްގެ އާންމު ނަން ނުވަތަ ވަނަން ޖަހަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ. އ...

06 Mar 2019 | 04:50

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އޮންނަ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފުރިހަމަ ނަމާއެކު އެ ކެންޑިޑޭޓެއްގެ އާންމު ނަން ނުވަތަ ވަނަން ޖަހަން އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

އީސީން ރޭ ކުރި ޓްވީޓެއްގައި ބުނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ފުރިހަމަ ނަމުގެ އިތުރުން އާންމު ނަމެއް ޖެހުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އީސީން އެފަދަ ނިންމުމެއް ނިންމިިއިރު މިއީ އިންތިހާބެއްގައި ވޯޓު ކަރުދާހުގައި ކެންޑިޑޭޓަކަށް ކިޔާ އާންމު ނަމެއް ޖަހަން ދިން ފުރަތަމަ ފަހަރު ވެސް މެއެވެ. މިހާތަނަށް ބޭއްވި އިންތިހާބުތަކުގައި ވޯޓު ކަރުދާހުގައި ޖަހާފައިވަނީ އެ ކެނޑިޑޭޓެއްގެ ފުރަހަމަ ނަން އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް