ބެލްޖިއަމާއި އީޔޫއަށް ސަފީރުން އައްޔަންކޮށްފި

ބެލްޖިމާއި ޔޫރަޕިއަން ޔޫނިއަންއަށް ސަފީރަކު އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ރައީސް އޮފީހުން ބުނީ މި މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވީ، ގަލޮޅު ފިޔާތޮށިގެ ހަސަން ސާބިރ...

06 Mar 2019 | 03:53

ބެލްޖިމާއި ޔޫރަޕިއަން ޔޫނިއަންއަށް ސަފީރަކު އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރެއްވީ، ގަލޮޅު ފިޔާތޮށިގެ ހަސަން ސާބިރު ކަމަށެވެ. ސާބިރަށް އިއްޔެ ވަނީ މަގާމުގެ ފަތްކޮޅުވެސް އަރުވާފައެވެ.

ރައީސް އޮފީހުން ބުނީ ސާބިރަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައިކަމަށެވެ.

ސާބިރަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސައުތް ވޭލްސް އިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން އެމަނކިފާނު ވަނީ އެމެރިކާއިން ޑިޕްލޮމާ އިން އިކޮނޮމިކް ސްޓެޓިސްޓިކްސް ހާސިލުކުރައްވައި، އިންޑިޔާއިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

ސާބިރަކީ ދިވެހި ހާރިޖިއްޔާގައި ތަފާތު އެކި މަޤާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. މިގޮތުން އޭނާ ފުރުއްވި މަޤާމުތަކު ތެރޭގައި، ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓްޓެޓިވްކަމުގެ މަޤާމާއި، ޔޫރަޕިއަން ޔޫނިއަންނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމާއި، އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަޤާމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރުކަމުގެ މަގާމު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް