އެސްއޯގެ ކުރީގެ ކޮމާންޑަރު ޑީޑީ ހައްޔަރު ކުރި ވާހަކަ ފުލުހުން ދޮގުކޮށްފި

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑާ، އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް(ޑީޑީ)  ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ. މައުލޫމާތު ލިބިފައިވާ ގ...

06 Mar 2018 | 17:00

ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސް (އެސްއޯ)ގެ ކުރީގެ ކޮމާންޑާ، އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް(ޑީޑީ)  ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑިޑީ ހައްޔަރުކޮށްފައިވަނީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާއިލާ އާއި އެކު ހުއްޓައެވެ. އޭނާ ގެމަނަފުށީން އައީ މާލެއައުމަށް ފުލުހުންގެ އިދާރާއިން އެންގުމުން ކަމަށްވެ އެވެ. ޑީޑީ މަސައްކަތް ކުރަމުން ގެންދިޔައީ ގެމަނަފުށީ ޕޮލިސް ސްޓޭޝަންގައި އެވެ.

އޭނާ ހައްޔަރު ކުރިކަމަށް އާއިލާގެ ފަރާތުން މީޑިއާގައި ބުނިނަމަވެސް ފުލުހުން މިރޭ އެކަން ވަނީ ދޮގުކޮށްފައި އެވެ. ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ ޑީޑީ ފުލުހުންގެ އިދާރާއަށް ހާޒިރު ކުރީ ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ސުވާލު ކުރުމަށް ކަމަށެވެ. އެކަމަކު އޭނާ ހައްޔަރުކޮށްފައި  ނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި  ފުލުހުންގެ އިދާރާ އަށް ޑީޑީ ހާޒިރު ކުރީ ސުޕްރީމް ކޯޓުން މިދިޔަ މަހު އެއް ވަނަ ދުވަހު ކުރި ހުކުމާއި ގުޅިގެން ފުލުހުންގެ ތެރޭގައި ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ ސުވާލު ކުރުމަށެވެ.

އެ ތުހުމަތުގައި ސްޕެޝަލް ވެޕަންސް އެންޑް ޓެކްޓިކްސް (ސްވޮޓް) ގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފް، އާއި އިތުރު ފަސް ފުލުހަކު މިދިޔަ މަހު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ސައިފް ވަނީ ފުލުހުންގެ ވަޒީފާއިން ވެސް ވަކިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް