ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮ ކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ ޑީސަލް ލީޓަރަކުން 20 ލާރި އަގު ހެޔޮކޮށް ޕެޓްރޯލް ލީޓަރަކުން 30 ލާރި ހެޔޮކޮށްފައިވާ ކަމަށެވެ. މި ބަދަލާއި އެކު ދެން ޑީސަލް ލީޓަރެއް ވިއްކާނީ 10.21 ލާރިއަށް އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ 10.11 ލާރި އަށެވެ.
އެސްޓީއޯއިން ބުނީ ހެޔޮ ކުރި އަގުގައި ޕެޓްރޯލާއި ޑީސަލް ވިއްކަން ފަށާނީ މާދަމާއިން ފެށިގެން ކަމަށެވެ.
އެންމެ ފަހުން އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮ ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެވެ. އޭގެ ފަހުން ޕެޓްރޯލާއި ޑީސަލުގެ އަގު ބޮޑު ކުރި އެވެ. އެއީ މިދިޔަ ޖެނުއަރީ މަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް