މިއަދުގެ އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

މ. ސިތާރާ ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި ބިދޭސީ މީހާ މަރުވެއްޖެ އެވެ. އޭނާ މަރުވީ ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިރެ އެވެ. އަލިފާން ރ...

06 Mar 2018 | 16:00

މ. ސިތާރާ ގޭގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ހާލު ސީރިއަސްވި ބިދޭސީ މީހާ މަރުވެއްޖެ އެވެ.

އޭނާ މަރުވީ ދުމުގެ އަސަރުކޮށްގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިރެ އެވެ. އަލިފާން ރޯވި އިރު އެމީހާ އޮތީ އެގޭގައި ނިދާކަމަށްވެ އެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

މިއަދު ހަވީރު އަލިފާން ރޯވި ސިތާރާ ގޭގައި އުޅެނީ ހުސް ބިދޭސީންނެވެ. މަރުވި ބިދޭސީ މީހާ ފެނިފައިވަނީ އެ ގޭ ދެވަނަ ބުރިން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އެ ގޭގެ ތިރީ ބުރީގައި ހުރި ބަދިގެއެއްގައި ކަމަށެވެ. ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ކޮށްފައިވަނީ ހަވީރު 3:39 ހާއިރު އެވެ.

މި ހާދިސާގައި އެގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް