އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމަށް، އެ ކޮމިޝަންގެ މެމްބަރު ކަމަށް މިއަދު އައްޔަން ކުރެއްވި އަހްމަދު ޝަރީފް ހޮވައިފި އެވެ.
ކޮމިޝަންގެ ރައީސް ކަމަށް ޝަރީފް ހޮވާފައިވާއިރު ރައްޔިތުންގެ މަޖިލީހުން ޝަރީފަށް ރުހުން ދީފައިވަނީ މިއަދު ހެނދުނު އެވެ. އަދި ކޮމިޝަނުގެ މެމްބަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ، ޝަރީފު އައްޔަން ކުރައްވާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައި އެވެ.
ހަމަ މިއަދުގެ މެންދުރުގެ ވަގުތެއްގައި ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ، ޝަރީފް ކުރިން ހުންނެވި މަގާމު ކަމުގައިވާ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކި ކުރައްވައިފަ އެވެ.
ޝަރީފަކީ މިދިޔަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވާ އެ ދާއިރާގެ ގޮނޑި ފުރުއްވި ބޭފުޅެކެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާހާގައި ވާދަ ކުރައްވާ ނާކާމިޔާބާއި ކުރިމަތިވެ ވަޑައިގެންނެވުމުން މި ސަރުކާޜުގެ އެކި މަގާމުތައް ފުރުއްވާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް